twitterviber whatsapp telegramfacebookyoutube instagram
30th August 2026

އީޓީއެފްއޭ ކުޅުދުއްފުށީ ސްޕޯޓްސް ސްކޫލަށް ތުރުކީގެ ކޯޗެއް ގެންނަނީ

Sep 18, 2016

އީޓީއެފްއޭ ކުޅުދުއްފުށީ ސްޕޯޓްސް ސްކޫލަށް އެއްމަސް ދުވަހަށް ތުރުކީގެ ކޯޗެއް ގެންނަ ގޮތަށް ހަމަޖެހިއްޖެ އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން އެސްކޫލުގެ މެނޭޖަރު ބަސީރު ވިދާޅުވީ ތުރުކީ ގެންނަ ކޯޗު އެސްކޫލުގައި މަސައްކަތް ކުރަނީ އެއްމަސް ވަންދެން ކަމަށެވެ. އޭނާއަކީ ކުރީގެ ޖަރުމަނު ޓީމަކަށް ކުޅުނު ކުޅުންތެރިއެއް ކަމަށާއި މިހާރު އެއީ ވައިޑީޕީ ކޯޗެއް ކަމަށް ބަސީރު ވިދާޅުވި އެވެ.

ބަސީރު ވިދާޅުވީ ތުރުކީގެ މިކޯޗު މިހާރު ހުރީ މާލޭގައި ކަމަށާއި ކުރިއަަށް އޮތް މަދު ދުވަސްކޮޅެއް ތެރޭގައި ކުޅުދުއްފުއްޓަށް އަންނާނެ ކަމަށެވެ. އަދި އަންނަ ހަފްތާ ސްކޫލާ ގުޅޭނެ ކަމަށް ބަސީރު ވިދާޅުވި އެވެ.

300 އެއްހާ ކުދިން ހަރަކާތްތެރިވާ މިސްކޫލަށް ކުރިއަށް އޮތްތަނުގައި އިތުރު ކޯޗުން ގެންނައުމަށް ވަނީ ހަމަޖެހިފަ އެވެ. އެގޮތުން އަންނަ މަހު ވިކްޓްރީއަށް ކުރިން ކުޅުނު މިހާރު ވައިޑީޕީގެ ކޯޗެއް ގުޅޭނެ ކަމަށްވެސް ބަސީރު ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355