twitterviber whatsapp telegramfacebookyoutube instagram
29th March 2026

ކުޅުދުއްފުށީ އޮފީސްތަކުގެ ވޮލީބޯލް މުބާރާތް މިއަހަރުވެސް ބާއްވަނީ

Sep 21, 2016

ކުޅުދުއްފުށީ ސަރުކާރުގެ މުއައްސަސާތަކާއި އަމިއްލަ ކުންފުންނިތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އޮފީސްތަކުގެ ވޮލީ ބޯލް މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ މި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ އޮކްޓޯބަރ މަހުގެ 10 ވަނަ ދުވަހުގެ ހަވީރު 4:00 ހަމައަށް ވަނީ ހުޅުވާލެވިފަ އެވެ.

މިއީ ކުޅުދުއްފުށީގައި ހުރި މުއައްސަސާތަކުގެ މެދުގައި އެކުވެރިކަން ބަދަހި ކުރުމާއި، ހުނަރުވެރި ވޮލީ ކުޅުންތެރިން އުފެއްދުން އަދި ޒުވާނުންނަކީ ސިއްހީގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމުގެމުގެ މަޤްޞަދުގައި ބާއްވަމުން އަންނަ މުބާރާތެކެވެ.

އޮކްޓޯބަރ މަހުގެ 28 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމަށް އެދި ހުށަހަޅަންޖެހޭ ފޯމް ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަނުން ލިބެން ހުންނާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355