twitterviber whatsapp telegramfacebookyoutube instagram
29th March 2026

ހއ އަތޮޅު ކައުންސިލް “ފަހި ދުވެލި” ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި

Sep 27, 2016

ހއ އަތޮޅު ކައުންސިލުން އިންތިޒާމް ކޮށްގެން ކުރިއަށްގެންދާ ފަހިދުވެލި ފުޓްސަލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ކޭއޯ އަށް މައުލޫމާތު ދެމުން ހއ އަތޮޅު ކައުންސިލްގެ މެންބަރަކު ވިދާޅުވީ މި މުބާރާތަކީ ފަހުދުވެލި ލޯންޗުގެ ހިދުމަތް ޕްރޮމޯޓް ކުރުމުގެ ގޮތުން ކުރިއަށް ގެންދެވޭ ހަރަކާތެއް ކަމަށެވެ. އެގޮތުން މި މުބާރާތުގައި ބައިވެރިވެވޭނީ އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ. މިޢީ ހއ އަތޮޅަށް ހުޅުވާލައިގެން ކުރިއަށްގެންދާ މުބާރާތެކެވެ.

މުބާރާތުގައި ބައިވެރިވެވޭނީ ސަރުކާރުގެ މުވައްސަސާތަކަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ރަޖިސްޓްރީ ކޮށްގެން ހިންގާ ކްލަބް ޖަމިއްޔާ ތަކަށް ކަމަށް އަތޮޅު ކައުންސިލްގެ މެންބަރު ވިދާޅުވި އެވެ. މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކަށް ފޯމް ލިބެން ހުންނާނީ ހއ އަތޮޅު ކައުންސިލުންގެ އިތުރުން ރަށު ކައުންސިލް ތަކުންނެވެ.

މީގެ ކުރިންވެސް ހއ އަތޮޅު ކައުންސިލުން ވަނީ ވޮލީ ބޯޅަ މުބާރާތަކާއި އެފްއޭއެމް އާއި ގުޅިގެން އަތޮޅު ފުޓްބޯޅަ މުބާރާތެއްވެސް ކުރިއަށް ގެންގޮސްފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355