twitterviber whatsapp telegramfacebookyoutube instagram
30th August 2026

ހދ އަތޮޅު އަންހެން ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ނޮޅިވަރަމް ހޯދައިފި

Sep 30, 2016

ހދ އަތޮޅު އަންހެނުންގެ ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ނޮޅިވަރަމް ޒުވާނުންގެ ގުޅުން ހޯދައިފި އެވެ. ނޮޅިވަރަމް ޗެމްޕިއަންކަން ހޯދީ ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާއާ ބައްދަލުކޮށް ސީދާ 3 – 1 ސެޓުންނެވެ.

މިއަދު ހަވީރު ކުޅުދުއްފުށީ ޒޯން ސްޑޭޓިއަމްގައި ކުޅުނު ފައިނަލް މެޗުން ނޮޅިވަރަމް މެޗު ގެންދިޔައީ 25-20، 25-14، 22-25، 25-16 އެވެ.

މުބާރާތުގެ 19 އަހަރުން ދަށުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ނޮޅިވަރަންފަރު ޓީމުގެ މަރްޔަމް ނިހާ އެވެ. 19 އަހަރުން މަތީގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ނޮޅިވަރަމް ޒުވާނުން ގުޅުމުގެ އައިޝަތު ރަޝީދާ ހޮވުނުއިރު ޓީމަށް އެންމެ ފައިދާ ހޯދިއިދިން ކޯޗަކަށް ހޮވުނީ ނޮޅިވަރަމް ޒުވާނުންގެ ގުޅުމުގެ ކޯޗު އަލީ މުހައްމަދެވެ.

މުބާރާތުގެ އެންމެ މޮޅު 6 ކުޅުންތެރިން

ހަނިމާދޫ ޒުވާނުން ޖަމިއްޔާގެ ހައްވާ އަބްދުލް ކަރީމް

ނޮޅިވަރަމް ޒުވާނުންްގެ ގުޅުމުގެ ފާތިމަތު ތަހޫރާ

ހަނިމާދޫ ޒުވާނުންގެ ގުޅުމުގެ އާއިޝަތު މުހައްމަދު

ޒިގްޒެގް ފޯ ޔޫތް ލިންކޭޖްގެ ފާތިމަތު މުހައްމަދު

ހަނިމާދޫ ޒުވާނުންގެ ޖަމިއްޔާގެ ހަދީޖާ އަބުދުއްސަމަދު

ނޮޅިވަރަމް ޒަުވާނުންގެ ގުޅުމުގެ އާމިނަތު އާދަމް

މުބާރާތުގެ މޮޅު 6 ކުޅުންތެރިން–

މިމުބާރާތުގެ ފެއަރ ޕްލޭ ޓީމަކަށް ހޮވުނީ ކުޅުދުއްފުށީ ޒިގްޒެގް ފޯރ ޔޫތް ލިންކޭޖެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355