ކުއަންޓަމް ވެޓެރަންސް ކަޕްގެ ފައިނަލަށް އެފްސީ ކިކް އަދި އައްޒަ77 ދަތުރުކޮށްފި އެވެ.
މިރޭ ކުޅުނު ސެމީ ފައިނަލުގެ މެޗުތަކަށް ބަލާއިރު އެފްސީ ކިކު އިން ވަނީ ޕިއޭރާ 7-4 އިން ބަލިކޮށްފަ އެވެ. މި މެޗުގައި ޕިއެރާއިން ވަނީ ފުރަތަމަ 2-0 ގެ ލީޑެއް ނަގާފަ އެވެ. ނަމަވެސް މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމު ހޯދި ކިކުގެ އަލީ ޒިޔާދު (ބޮޑުސައި) ގެ 5 ލަނޑުގެ އިތުރުން އަސްލަމް މުހައްމަދު (ލަމްބޯ) އާއި އަހްމަދު ހަސަން (ބަންނަ) ގެ ގޯލުތަކުން ކިކު ވަނީ ފައިނަލުގެ ޖާގަ ކަށަވަރުކޮށްފަ އެވެ.
ޕިއެރާއިން އިން ޖެހި ލަނޑުތަކަށް ބަލާއިރު ހަސަން އާދަމް (ތުޅާގިރި) އަދި އަލީ އިބްރާހިމް (ތަންބީ) ކޮންމެ ކުޅުންތެރިޔަކު ލަނޑެއް ޖަހާފައިވާއިރު ޖަލީލް އަލީ (ޖައްލެ) ވަނީ ދެ ލަނޑު ޖަހާފަ އެވެ.
މިރޭ ކުޅުނު ސެމީގެ ދެވަނަ މެޗު އައްޒަ77 އިން ކާމިޔާބުކުރީ 3-2 އިންނެވެ. މި މެޗުގައި އައްޒަ77 އިން ވަނީ ފުރަތަމަ މިނެޓްގައި މުހައްމަދު އަބްދުލް ކަރީމް (ކަޅޭ) ވަނީ އައްޒަ77 އަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ 6 ވަނަ މިނެޓްގައި ވޭތޯގެ އަހްމަދު އާދަމް (ސޭކޭ) ލަނޑެއް ޖަހައި އެއްވަރުކުރިއިރު މުހައްމަދު އަބްދުލް ސަމަދު ވަނީ 18 ވަނަ މިނެޓްގައި ލަނޑު ޖަހައި ލީޑު ނަގައިދީފަ އެވެ.
ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ފަހު ހާފު ފެށިތަނާހެން އައްޒަ77 ގެ ބަޝީރު ޔޫސުފް ވަނީ ކައިރިކައިރީ ދެ ލަނޑު ޖަހައިދީ އަލުން އެ ޓީމަށް ލީޑު ނަގައިދީފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށްވެސް ހޮވުނީ ބަޝީރު އެވެ.
މ މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 9 އޮކްޓޫބަރު ވަނަ ދުވަހުގެ ރޭ 2030 ގަ އެވެ.