twitterviber whatsapp telegramfacebookyoutube instagram
15th July 2026

ދިއްދޫ އެއްލައްކަ ކަޕް މި އަހަރުވެސް ބާއްވަނީ

Oct 11, 2016

ހއ ދިއްދޫގައި ބާއްވަމުން އަންނަ އެއްލައްކަ ކަޕް ފުޓްބޯޅަ މުބާރާތް މި އަހަރުވެސް ބޭއްވުމަށް ހަމަޖެހިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އޮފީހުން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ މި އަހަރުގެ އެއްލައްކަ ކަޕް ޑިސެމްބަރ 6 ން 17 އަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށާއި މި މުބާރާތުގައި ބައިވެރިވެވޭނީ މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ރަޖިސްޓްރީކޮށްފައިވާ ހއ ދިއްދޫގެ ކްލަބް ޖަމިއްޔާތަކަށް ކަމަށެވެ.

އެގޮތުން މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 15 އޮކްޓޯބަރ ވާ ހޮނިހިރު ދުވަހު ރޭގަނޑު 22:00 ކުރިން ފޯމް ފުރިހަމަ ކުރެއްވުމަށް ފަހު [email protected] އަށް މެއިލް ކުރެއްވުމަށް އިއުލާނުގައި ބުނެފައި ވެއެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ހަވީރު 16:00 ން 17:00 އަށް އަދި ރޭގަނޑު 20:30 ން 22:00 އަށް ދިއްދޫ ޒުވާނުންގެ މަރުކަޒުން ލިބެން ހުންނާނެ އެވެ.

އިތުރު މައުލޫމާތު ސާފުކުރެއްވުމަ ބޭނުންވާ ފަރާތްތަކުން 9994838 ނަންބަރާ ގުޅުއްވާ މައުލޫމާތު ސާފުކުރެއްވުމަށް އެފަރާތުން އެދެއެވެ.

ރައްޔިތުން މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު 2014 ވަނަ އަހަރު ތައާރަފް ކުރި މި މުބާރާތަކީ ޗެމްޕިއަން ޓީމަށް އެއް ލައްކަ ރުފިޔާގެ އިތުރުން މި މުބާރާތަށް ހާއްސަކޮށްގެން ފަރުމާކޮށްފައިވާ ވާދައިގެ ތަށްޓާއި ރަން މެޑަލް ދިނުމަށް ހަމަޖެހިފައިވާ މުބާރާތެކެވެ.

މިއީ މި މުބާރާތް ޖެހިޖެހިގެން ބާއްވާ 3 ވަނަ ފަހަރެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355