twitterviber whatsapp telegramfacebookyoutube instagram
29th March 2026

މާޒިޔާގެ އެކަޑަމީ ހުޅުވަން އަޝްފާގު ނޮޅިވަރަމަށް

Oct 17, 2016

މާޒިޔާގެ ފުޓްބޯޅަ އެކަޑަމީ ރަސްމީކޮށް ހުޅުވުމަށް ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު މިއަދު ނޮޅިވަރަމަށް އަތުވެއްޖެ އެވެ.

އަލީ އަޝްފާގުގެ އިތުރުން މިދަތުރުގައި ނޮޅިވަރަމަށް އުފަން ގައުމީ ޓީމްގެ ވަރުގަދަ ޑިފެންޑަރު އަމްދާން އަލީވެސް ވަނީ ނޮޅިވަރަމަށް އައިސްފަ އެވެ.

މިއަދު ހެނދުނު ނޮޅިވަރަމަށް އައުމުން އަޝްފާގުގެ ޓީމަށް ވަނީ އެރަށުން ހޫނު މަރުހަބާއެއް ކިޔާފަ އެވެ. ނޮޅިވަރަމްގައި ހުޅުވާ މާޒިޔާގެ މި އެކަޑަމީ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ މިއަދު ހަވީރު އެވެ.

މާޒިޔާ ސްޕޯޓްސް އެންޑް ރިކްރިއޭޝަނުގެ އެކަޑަމީގެ މަސައްކަތް ނޮޅިވަރަމްގައި 50 ކުދިންނާއެކު މިހާރު ވަނީ ފަށައިގަނެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355