ރައީސުލް ޖުމްހޫރިއްޔާ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ހދ ކުރިނބީ ބަނދަރު ހުޅުވައިދެއްވައިފި އެވެ.
ރައީސް ޔާމީން ކުރިނބީ ބަނދަރު ހުޅުވައިދެއްވީ ދާދީ ދެންމެއަކު އެރަށު ބަނދަރުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.
ބަނދަރުގެ ހުޅުވުމަށް ރައީސް އެރަށް ވަޑައިގަތުމުން އެމަނިކުފާނަށް ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ.
ކުރިނބީ ބަނދަރަކީ 2011 ވަނަ އަހަރު ހަދަން ފެށި ބަނދަރެކެވެ. ބަނދަރު ހަދައި ނިންމާލީ 2016 ވަނަ އަހަރުގެ ތެެރޭގަ އެވެ.
ކުރިނބީ ބަނދަރަކީ ދައުލަތުގެ 18.7 މިލިއަން ރުފިޔާ ހަރަދުކޮށްގެން ހެދި 300 ގެ ފޫޓާއި 200 ފޫޓްގެ ބަނދަރެކެވެ. ރައީސް ޔާމީންގެ ވެރިކަމުގެ އެރަށުގެ ބަނދަރުވަނީ 1500ގެ އަކަފޫޓް އިތުރަށް ބޮޑުކޮށްފަ އެވެ.