twitterviber whatsapp telegramfacebookyoutube instagram
27th June 2026

މަށިކުޅީގައި ތަރައްގީކުރާ ޕްލެޓްފޯމުގެ ބޮޑުބައި ނިންމާލައިފި

Jul 15, 2025
2

ކުޅުދުއްފުށީ މަށިކުޅީގައި ތަރައްގީކުރާ ވިއުއިން ޕްލެޓްފޯމްގެ މަސައްކަތުގެ ބޮޑުބައި ނިންމާލައިފި އެވެ.

އަމިއްލަ ޖަމިއްޔާއެއްކަމަށްވާ ޒިގްޒެގް ފޯ ޔޫތް ލިންކޭޖާއި ސިޓީ ކައުންސިލް ގުޅިގެން ހިންގާ މި މަޝްރޫއުއަކީ ގިނަ ބައެއްގެ ސަމާލުކަން ހުއްޓިފައިވާ މަޝްރޫއެކެވެ.

ސިޓީ ކައުންސިލް މެންބަރު އަހުމަދު އަބުދުﷲ (ރޯޒޭ) ވިދާޅުވީ، އެ މަސައްކަތުގެ 90 އިންސަތަ މަސައްކަތް މިހާރު ނިންމާލާފައިވާއިރު އޯގަސްޓްމަހުގެ ނިޔަލަށް މަސައްކަތް އެއްކޮށް ނިންމާލެވޭވަރު ވާނެ ކަމަށެވެ.

ޒިގްޒެގުން ތަކެތި ދީގެން ތަރައްގީކުރަމުންދާ މި ޕްލެޓްފޯމްގެ މަސައްކަތްކުރަނީ ސިޓީ ކައުންސިލުން ވޭވްލެންޗް ކުންފުންޏާ ހަވާލުކޮށްގެންނެވެ

މި ޕްލެޓްފޯމްގެ މަސައްކަތް ނިންމާލުމުން އެ ސަރަހައްދުގެ ހިތްގައިމުކަން އިތުރުވެގެންދާނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355