twitterviber whatsapp telegramfacebookyoutube instagram
18th August 2025

މަށިކުޅީގައި ތަރައްގީކުރާ ވިއުވިން ޕްލެޓްފޯމްގެ އަމަލީ މަސައްކަތް ކުރުމަށް ވޭވްލެންތާ ހަވާލުކޮށްފި

އަބްދުލް ވާހިދު ޙަސަން
Sep 13, 2024
6

ކުޅުދުއްފުށީ މަށިކުޅީގައި ވިއުވިން ޕްލެޓްފޯމެއް ތަރައްގީކުރުމަށް ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފި އެވެ.

މި ޕްލެޓްފޯމަކީ ކުޅުދުއްފުށީ ކައުންސިލުން ޒިގްޒެގް ފޯ ޔޫތް ލިންކޭޖްގެ ބައިވެރިވުމާއެކު ކުރިއަށްގެންދާ މަޝްރޫއެކެވެ. އެގޮތުން މި މަޝްރޫއުގެ އީއައިއޭ ރިޕޯޓާއި ސްޓްރަކްޗަރަލް ޑްރޯވިންސެޓް ތައްޔާރުކުރުމާއި ހަޓް އަދި ވޯކްވޭގެ ޑެކިން މެޓީރިއަލްސްގެ ތެރެއިން 90 އިންސަތަ ފޯރުކޮށްދީފައިވަނީ ޒިގްޒެގުންނެވެ.

އިތުރަށް ބޭނުންވާ މެޓީރިއަލްސް ހޯދުމާއި، ކޮންކްރީޓްގެ ހުރިހާ މަސައްކަތަކާއި، ލައިޓިންގެ މަސައްކަތާއެކު ޕްރޮޖެކް ހިންގުމަށް ހަމަޖެހިފައިވަނީ ސިޓީ ކައުންސިލުންނެވެ. މި މަސައްކަތް 2.3 މިލިއަން ރުފިޔާއަށް ވޭވްލެންތާ ހަވާލުކުރެވުނީ 145 ދުވަސްތެރޭގައި މަސައްކަތް ނިންމުމަށްކަމަށް ސިޓީ ކައުންސިލުން މައުލޫމާތު ދެ އެވެ.

ކުޅުދުއްފުށީގެ ގުދުރަތީ ރީތިކަމުގެ އެންމެ މުހިންމު ތަނަކީ މަށިކުޅި އެވެ. އެތަން ތަރައްގީކޮށް އެތަނުން އާމުދަނީއެއް ރަށަށް ހޯދުމަކީ ސިޓީ ކައުންސިލުންގެ ވިސްނުމެކެވެ. އަދި ލޯކަލް ޓޫރިޒަމް ފުޅާވެގެން އަންނައިރު މަށިކުޅިއަކީ މުހިންމު ދައުރެއް އަދާކުރެވޭނެ މަންޒިލަކަށްވާނެކަން ޔަގީންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355