twitterviber whatsapp telegramfacebookyoutube instagram
29th August 2026

ކުޅިއަށް ދޫކުރި ކަހަނބު ހޯދައި އޭގެ ގުދުރަތީ މާހައުލަށް ދޫކޮށްލައިފި

ނަބީލާ އިސްމާޢީލް
Feb 24, 2026

ކުޅުދުއްފުށި މަށި ކުޅިއަށް ދޫކޮށްލާފައިވާ ވެލާ ކަހަނބުގެ ބާވަތެއްކަމަށްވާ ކަހަނބު ރައްކާތެރިކަމާއެކު އޭގެ ގުދުރަތީ މާހައުލަށް މިއަދު އަނބުރާ ދޫކޮށްލާފައިވާކަމަށް ކުޅުދުއްފުށީ ސިޓީ ކައުންސިލުން ބުނެފި އެވެ.

ސިޓީ ކައުންސިލުން ބުނީ، މިގޮތަށް ދޫކޮށްލާފައިވަނީ ވެލާ ކަހަނބުގެ ބާވަތެއް ކަމަށްވާ ''Hawksbill Sea Turtle'' އެއް ކަމަށެވެ. މި ކަހަނބަކީ ނެތިދިއުމުގެ ބިރު އޮތް، ރާއްޖޭގައި ގާނޫނީގޮތުން ހިމާޔަތްކޮށްފައިވާ ދިރުމެކެވެ.

މި މަސައްކަތުގައި ކުޅުދުއްފުށީ ސިޓީ ޕޮލިހުގެ ފަރާތުން ލިބުނު އަވަސް އިޖާބައާއި އެއްބާރުލުމަށް ސިޓީ ކައުންސިލުން ވަނީ ޝުކުރު އަދާކޮށްފައެވެ.

ކުޅިތަކާއި ޗަސްބިންތަކަކީ ނާޒުކު އަދި ހާއްސަ މާހައުލުތަކަކަށް ވާތީ، އެ ތަންތަން އޭގެ ގުދުރަތީ ގޮތުގައި ބެހެއްޓުމަކީ މުހިންމު ކަމެއްކަން ކައުންސިލުން ވަނީ ފާހަގަކޮށްފަ އެވެ.

އިތުރަށް ސިޓީ ކައުންސިލުން ބުނީ ބޭންގު އަދި ކައްޓަފުޅި ފިޔަވައި ކަނޑުގެ ދިރުންތަކާއި، ކޯރުމަސް އަދި އެކުއެރިއަމް ގަސް ފަދަ ތަކެތި ކުޅިތަކަށް ދޫނުކުރުމަށް ކައުންސިލުން ވަނީ ރައްޔިތުންގެ ކިބައިން އެދޭކަމަށާއި މަހަށް ކާންދިނުން ފަދަ ކަންކަމަކީ ކުޅީގެ ގުދުރަތީ ނިޒާމަށް ބަދަލު އައިސް، ބަލިތަކާއި ފެން ފެއްސަށްވުން ފަދަ ކަންކަމަށް މަގުފަހިވާ ކަމެއް ކަމަށްވާތީ އެކަންކަމުން ދުރުހެލިވުމަށް ވެސް ވަނީ ނަސޭހަތްތެރިވެފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355