twitterviber whatsapp telegramfacebookyoutube instagram
20th April 2025

ހަނިމާދޫ ފުޓްބޯޅަ ޓީމް ތިމަރަފުއްޓަށް ފުރައިފި

Oct 27, 2016

މިނިވަން ޗެންޕިއަންޝިޕްގެ ފަައިނަލް ބުރު ކުޅުުމަށްޓަކާ ހަނިމާދޫ ފުޓްބޯޅަ ޓީމް ތިމަރަފުއްޓަށް މިއަދު ގޮސްފި އެވެ.

ދެ ގުރޫފަކަށް ފައިނަލް ބުރު ބަހާލާފައިވާއިރު ގުރޫޕް 1 ގައި ހިމެނެނީ ކުޑަހުވަދޫ އާއި މަހިބަދޫ، ފޭދޫ އަދި ދެއްވަދޫ އެވެ. ގުރޫޕް 2 ގައި ހިމެނެނީ ތިމަރަފުއްޓާއި ލަންދޫ، އޭދަފުށީ އަދި ހަނިމާދޫ އެވެ.

މުބާރާތުގެ ފުރަތަމަ ބުރު ކުޅެން ހަމަޖެހިފައިވަނީ ތިމަރަފުށީގަ އެވެ. ސެމީ އަދި ފައިނަލް ބުރު އޮތީ ކުޑަހުވަދޫގަ އެވެ.

ހަނިމާދޫ ޓީމް ތިމަރަފުއްޓަށް ފުރުމުގެ ކުރިން ފޮޓޯއަކަށް ހުއްޓިލައިގެން–

 

މި މުބާރާތުގެ ފައިނަލް ބުުރުގައި ހަނިމާދޫ ޓީމުގެ ފުރަތަމަ މެޗުގައި ބައްދަލުކުރަންޖެހޭނީ ވަރުގަދަ އޭދަފުއްޓާ ދެކޮޅަށެވެ. އެއީ 29 ވަނަ ދުވަހު އެވެ.

ހަނިމާދޫ ބައްދަލުކުރާ 2 ވަނަ މެޗު މިމަހު 31 ވަނަ ދުވަހު ކުޅޭނީ ތިމަރަފުއްޓާ ދެކޮޅަށެވެ. އަދި 3 ވަނަ މެޗުގައި ލަންދޫއާ ދެކޮޅަށް އަންނަމަހު 3 ގަ އެވެ.

މިނިވަން ޗެންޕިއަންޝިޕްގެ ފުރަތަމަ ސެމީ ފައިނަލް އޮންނާނީ އަންނަ މަހު 7 ވަނަ ދުވަހު އެވެ. އެ މެޗުގައި ބައްދަލުކުރާނީ ގްރޫޕް އޭގެ އެއް ވަނަ ޓީމާއި ގްރޫޕް ބީގެ ދެ ވަނަ ޓީމެވެެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355