އިއްޔެ ފިހާޅޮހި ރިސޯޓްގެ ލޯންޗެއްގައި ހިނގި އަލިފާނުގެ ހާދިސާގައި އަނިޔާވީ ކުޅުދުއްފުށީ ޒުވާނަކަށެވެ.
އިއްޔެ މެންދުރުފަހު ހިނގި އަލިފާނުގެ މިހާދިސާގައި އަނިޔާވީ 25 އަހަރުގެ ޒުވާނަކަށެވެ. އޭނާގެ ހަށިގަނޑުގެ 46 އިންސަތަ ވަނީ ފިހިފަ އެވެ.
އޭނާގެ ގާތް މީހަކު ކޭއޯއަށް ބުނީ މިހާދިސާގައި އޭނާގެ ފައިޔާއި އަތާއި މޫނު ފިހިފަައިވާކަމަށެވެ. އޭޑީކޭގައި ފަރުވާދެމުން އަންނައިރު އޭނާގެ ހާލު ރަނގަޅުކަމަށް އެމީހާ ބުންޏެވެ.
އަލިފާންގެ އެހާދިސާ ހިނގީ އެރިސޯޓު ޓޫރިސްޓުންތަކެއް އެތާ ކައިރިގައި ހުރި ފިނޮޅަކަށް ބާލައިފައި އެބުރި ރިސޯޓަށް ނައްޓާލި ވަގުތުކަމަށްވެ އެވެ. އެވަގުތު ލޯންޗުގައި ހުރީ އޭނާ އެކަންޏެވެ. މިހާދިސާގައި ކުޑަ އެ ލޯންޗުވަނީ އަނދައި ހުލިވެފަ އެވެ.