twitterviber whatsapp telegramfacebookyoutube instagram
27th April 2024

“ޔޫތް އެޓް ދަ ހާޓް އޮފް ދަ 2030 އެޖެންޑާ” ގައި ރާއްޖެއިން ޔޫތް ތަމްސީލް ކުރަން އިނާޝާ ބެންކޮކް އަށް

Nov 29, 2016

“ޔޫތް އެޓް ދަ ހާޓް އޮފް ދަ 2030 އެޖެންޑާ” ގައި ރާއްޖެއިން ޔޫތް ތަމްސީލްކުރަން އިނާޝާ އުމަރު(18އ) ބެންކޮކް އަށް ދިއުމަށް މިއަދު ފުރައިފި އެވެ.

ބެންކޮކްގައި 30 ނޮވެމްބަރ އިން 02 ޑިސެމްބަރަށް ކުރިއަށްގެންދަން ހަމަޖެހިފައިވާ “ޔޫތް އެޓް ދަ ހާޓް އޮފް ދަ 2030 އެޖެންޑާ: ދަ ކޭސްފޯ ސްޕޭސް” ފޯރަމްގައި ރާއްޖެއިން ޔޫތް ތަމުސީލުކުރަން އިނާޝާ ފުރާފައިވަނީ މިއަދު މެންދުރު އެވެ.

ކޭއޯ އަށް މައުލޫމާތު ދެމުން އިނާޝާ ވަނީ މި ފުރުސަތު ލިބުން ގޮތް ކިޔައިދީފަ އެވެ. އިނާޝާ މިހާރުވެސް މަސައްކަތްކުރަމުންދަނީ ތިމާވެށި ހިމާޔާތްކުރުމަށް މަސައްކަތްކުރާ އަމިއްލަ ޖަމިއްޔާކަމަށްވާ ބިލީފްގަ އެވެ. މިފުރުސަތު ފުރަތަމަ ތަނަވަސްވި ގޮތް ހިއްސާކުރަމުން އިނާޝާ ބުނީ ކުޅުދުއްފުށީގައި ޔޫތް ބޭއްވި ޕްރޮގުރާމެއްގެ ތެރެއިން ކަމަށެވެ. ” ޔޫތުން ކުޅުދުއްފުށިގައި ބޭއްވި ޕްރޮގުރާމެއްގައި ފުރަތަމަ އަޅުގަނޑު ބައިވެރިވީ ބިލީފުގެ ފަރާތުން” ކުޅުދުއްފުއްޓަށް އުފަން އިނާސާ ބުންޏެވެ.

“ކުޅުދުއްފުށީގައި ބޭއްވި ޕްރޮގުރާމްގައި މޮޑާން ޓެކްނޮލަޖީ ބޭނުންކޮށްގެން ރާއްޖެ އިތުރަށް ތަރައްގީ ކުރުމަށް ކުރެވިގެންދާނެ ކަންކަމުގެ ގިނަ ހިޔާލު ހިއްސާ ކުރެވުނު އަދި އެ ހިޔާލުތައް ޔޫތްގެ މީހުންނަށް ކަމުދިއުމުގެ ސަބަބުން މާލޭގައި އޮތް މިއަހެލި ނަމަކަށް ކިޔާ ފުރަތަމަ ސޯސިއަލް އިނޮވޭޝަން ކޭންޕްގައި ބައިވެފިވުމުގެ ފުރުސަތެއް ލިބި އެ ފުރުސަތުގެ ބޭނުން ހިފިން. މައިގަނޑު ކަމަކަށް މިއަހެލި ކޭންޕްގައި ވެސް އެކި މީހުންގެ ހިޔާލު ހޯދީ. އެގޮތުން ޖަޖުންނަށް މުޅި ރާއްޖެއިން 5 ހިޔާލު ހުށައެޅިން އެތަނުން 3 ހިޔާލު ސީޑް ފަންޑިންއަށް ދިން އެއީ އެ ހިޔާލުތައް ހަގީގަތަކަށް ހެދުމުގެ ބޭނުމުގައި. އޭގެތެރެއިން އަޅުގަނޑު ހިއްސާ ކުރި އެއް ހިޔާލު ހިމެނުނު. އަދި 2000 ޑޮލާރ ވެސް ޔޫތް އިން ދިން. ދެން 29 އޮކްޓޫބަރ ގައި ޔޫއެންޑީޕީގައި ސޮއެކޮށްފައި އެހިޔާލު އަސްލަކަށް ހެދޭތޯ މި އުޅެނީ. އަޅުގަނޑުގެ ހިޔާލު ހޮވުނީތީ ވަރަށް އުފާވި.” އިނާޝާ ކިޔައިދިނެވެ.

“އެގޮތުން ރާއްޖޭގެ ޔޫތްގެ މީހުން އަޅުގަނޑުގެ ހުށައެޅުން ފެނިފައި ބެންކޮކްގައި އޮންނަ ރަސްމިއްޔާތައް ދިއުމުގެ ފުރުސަތު ލިބުނީ. ވަރަށް ޝުކުރުވެރިވަން ރާއްޖޭގެ ޔޫތް އިން މި ފުރުސަތު އަޅުގަނޑަށް ދިނުމުން” އިނާޝާ ވާހަކަ އިތުރަށް ތަފްސީލް ކުރަމުން ކިޔައި ދިނެވެ.

ބެންކޮކް ގައި ކުރަންޖެހޭނީ ކޮން ކަންކަމެއްތޯ އަހާލުމުން އިނާޝާ ބުނީ “ބެންކޮކްގައި ގިނަ ގައުމު ތަކެއްގެ ޔޫތްގެ މީހުން ބައިވެރިވާނެ. އަޅުގަނޑަށް ޖެހޭނީ ރާއްޖޭގައި ޔޫތްގެ ކުރެއެރުމަށް ކުރެވިދާނެ ކަންތަކާއި ޖެހިފައި ހުންނަ މައްސަލަތައް ހިއްސާ ކުރަށް. އަދި އެ ގައުމެއްގައި ޔޫތް 2030 ގައި އޮންނާނެ ގޮތުގެ ހިޔާލު ހޯދާ 2030 އަށް ޔޫތް ކުރިއަރާނެ ކަންކަމުގެ ޓާގެޓް އެއް ކަނޑައަޅާނެ.” ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355