twitterviber whatsapp telegramfacebookyoutube instagram
30th August 2026

ދިއްދޫ އެއްލައްކަ ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި

Dec 4, 2016

ހއ ދިއްދޫގައި ބާއްވަމުން އަންނަ އެއްލަައްކަ ކަޕް ފުޓްބޯޅަ މުބާރާތުގެ ގުރުއަތުލުން ބާއްވައިފި އެވެ.

ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފްގެ ވާދައިގެ ތައްޓަށް ކުޅޭ މި މުބަރާތް ޑިސެމްބަރު މަހުގެ ހަވަނަ ދުވަހު ފަށާ އިރު ފުރަތަމަ މެޗުގައި ވާދަކުރާނީ މި މުބާރަތުގެ އެންމެ ފުރަތަމަ ޗެމްޕިއަން ޓީމް ބްލެކްޒީނޯ ސްޕޯޓްސް ކްލަބާއި ހީވެސްނުވޭ ޓީމެވެ.

މި އަހަރުގެ މުބާރާތުގައި ޖުމުލަ ހަ ޓީމު ވަނީ ބައިވެރިވެފަ އެވެ. އެއީ އެންމެ ފަހުގެ ޗެމްޕިއަން ޓީނޭޖް، މިޑްލް ސްޕޯޓް، އައްސޭރި، ނާޑް ސްޕޯޓް، ބްލެކްޒީނޯ ސްޕޯޓްސް އަދި ހީވެސްނުވޭ ޓީމެވެ.

މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު އެވެ.

އެއްވަނަ އަށްދާ ޓީމަކަށް އެއްލައްކަ ރުފިޔާ ލިބޭ މި މުބާރަތަކީ އަތޮޅު ތެރޭގައި ކުރިއަށްދާ އެންމެ އަގުބޮޑު އެއް މުބާރާތެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355