twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިވެ, މުޖުތަމައުގައި ބާކީނުކޮށް ގެންގުޅެން ޖެހޭ: އަދުނާނު

Dec 4, 2016

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ މުޖުތަމައުގައި އެކުދިން ބާކީނުކޮށް ގެންގުޅެން ޖެހޭކަމަށް ނޮޅިވަރަމް ސްކޫލުގެ ޕްރިންސިޕަލް އަދުނާނު އަލީ ވިދާޅުވެއްޖެ އެވެ.

ބައިނަލް އަގްވާމީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަސް ފާހަގަކުރުމަށް ލޯފަން ކުދިންގެ ޖަމުއިއްޔާ (ބީވީއައިއެސްއެމް) ހދ ކުރިނބީގައި ބޭއްވި ޖަލްސާ ޝަރަފުވެރިކޮށްދެއްވާ އަދުނާނު ވިދާޅުވީ ކުޅެދޭ ފަރާތްތަކުން އެހެން ފަރާތްތަކަށް އެހީތެރިކަމަށް ބޭނުންވާ ފަދައިން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ދޭން ޖެހޭނެ ކަމަށެވެ. އެފަދަ އެހީތެރިކަމަށް ބޭނުންވެފައިވާ ފަރާތްތަކަށް އެހީތެކަން ފޯރުކޮށްދީ، އަހުވަންތަ ގުޅުން ދެމެހެއްޓުމަކީ އިސްލަމް ދީނުގައި ވަރަށް ބޮޑަށް ބާރު އަޅައި ކަމެއްކަން އަދުނާނު ފާހަގަކުރެއްވި އެވެ.

ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށްޓަކާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުމާއިއެކު މުޖުތަމައުގައި މަސައްކަތްކުރުމަކީ ނުހަނު ބޭނުންތެރިކަމެއްކަމަށާއި ބީވީއައިއެސްއެމްގެ ކުދިން ކުރިނބީގައި ހޭދަކުރި ދުވަސްތަކުގައި ކުރިނބީން ފެނުނު އުފާވެރި މަންޒަރުތައް ހުރިހާ ދިމާއަކުންވެސް ފެންނަޖެހޭކަމަށް އަދުނާނު ވިދާޅުވި އެވެ.

އެހެން ނަމަވެސް ހިތާމައަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މި މުޖުތަމައުން ތަފާތު ގޮންޖެހުންތަކައި ކުރިމަތިވެ، އިސްލާމީ މުޖުތަމައުތަކުން ފެންނަ ނުޖެހޭނެ ފަދަ ދަށުދަރަޖައިގެ އަމަލުތަކުގެ ޝިކާރައަކަށް ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ކުރިމަތިލާން ޖެހޭތީ ކަމަށް އަދުނާނު ވިދާޅުވި އެވެ.

ނުކުޅެދޭ ފަރާތްތަކަށް އާއިލާގެ ފަރާތުން ޖިންސީ ފުރައްސާރަކުރުމުގެ މައްސަލަތަކާއި އާއިލާއާ މުޖުތަމައުން ދޭން ޖެހޭ އެހީތެރިކަމާއި އެއްބާރުލުން އެފަރާތްތަކަށް ނުލިބުމާއި ތައުލީމު ފޯރުކޮށް ދިނުމުގައި ތަފާތު ކުރުން ގެންގުޅޭކަމަށް އެޗްއާރުސީއެމްއިން ދުވަހާ ގުޅިގެން ނެރުނު ނޫސްބަޔާނުގައި ފާހަގަކޮށްފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.

އަދުނާނު ވިދާޅުވީ ކޮންމެ ހާލެއްގައި ވިޔަސް މި ނާތަހުޒީބީ އަމަލުތައް ހުއްޓުވަން ޖެހޭނެ ކަމަށާއި މިކަމުގައި ގުޅުން ހުރި ދާއިރާތަކުން ބުރަ މަސައްކަތްތަކެއް ކުރަންޖެހިފައިވާކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355