twitterviber whatsapp telegramfacebookyoutube instagram
27th April 2024

އުތީމު ގަނޑުވަރަށް ޒިޔާރާތްކުރާ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވެފައި، އެންމެ ގިނަ މީހުން ދަނީ ކުޅުދުއްފުށިން

Dec 12, 2016

މިއަހަރުގެ ބޮޑު ޗުއްޓީއާ ދިމާކޮށް އުތީމު ގަނޑުވަރަށް ޒިޔާރާތްކުރާ މީހުންގެ އަދަދު އާދަޔާ ހިލާފަށް އިތުރުވެއްޖެ އެވެ. މިއަހަރުގެ ބޮޑު ޗުއްޓީގައި އެވްރެޖްކޮށް ކޮންމެ ދުވަހަކު 200 މީހުން ޒިޔާރާތް ކުރެ އެވެ.

އުތީމު ގަނޑުވަރު ބަލަހައްޓަމުން އަންނަ، ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ ހިނގުމާ ހަވާލުވެހުންނެވި އަބުދުލް ލަތީފް އިބުރާހިމް ކޭއޯ އަށް ވިދާޅުވީ އެހެން އަހަރުތަކާ ހިލާފަށް މިއަހަރު އުތީމު ގަނޑުވަރުގެ ބެލުމަށް ޒިޔާރާތް ކުރާ މީހުންގެ އަދަދު ވަރަށް ބޮޑުތަނުން އިތުރުވެފައިވާ ކަމަށެވެ.

އުތިމު ގަނޑުވަރު ބަލަހައްޓަމުން އަންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު–

 

ލަތީފު ވިދާޅުވީ މިއަހަރު ގަނޑުވަރަށް ޒިޔާރާތްކުރާ މީހުން އަދަދު އިތުރުވެފައިވަނީ ލަފާފުރުމަށް ބަނދަރެއް ހެދިގެން ދިއުމުން ކަމަށެވެ.

ރިކޯޑުތަކުން ދައްކާ ގޮތުގައި މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެކަނިވެސް ގަނޑުވަރަށް 200 މީހުން ވަނެވެ. މިއަދުގެ މިހާތަނަށް 300 މީހުންނަށް ޓިކެޓް ދޫކޮށްފައިވާކަމަށް ލަތީފު ވިދާޅުވި އެވެ. ލަތީފު ވިދާޅުވީ މިއަހަރު ގަނޑުވަރަށް ޒިޔާރާތްކުރާ މީހުންގެ އަދަދު ގިނަކަމުން ހުރިހާ މުވައްޒަފުން ވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރާ ކަމަށެވެ.

ގަނޑުވަރުގެ އެތެރެ–

 

” އަޅުގަނޑުމެން ހުރިހާ މުވައްޒަފުން ހެނދުނު އޮފީސް ހުޅުވާގޮތަށް މެންދުރު 1:30 ވަންދެން ފުލްކޮށް މަސައްކަތްކުރަން” 27 އަހަރަށް ވުރެ ގިނަ ދުވަހު ގަނޑުވަރަށް ހިދުމަތްކުރައްވާފައިވާ ލަތީފް ވިދާޅުވި އެވެ.

ލަތީފް ވިދާޅުވީ މިއަހަރުގެ ބޮޑު ޗުއްޓީ ފެށުނު ފަހުން ގަނޑުވަރަށް 3000 ވުރެ ގިނަ މީހުން ޒިޔާރާތްކޮށްފައިވާނޭ ކަމަށާއި މިއަހަރުވެސް އެންމެ ގިނައިން ޒިޔާރާތްކޮށްފައިވަނީ ކުޅުދުއްފުށީ މީހުން ކަމަށް ލަތީފް ވިދާޅުވި އެވެ. ލަތީފް ވިދާޅުވީ ގަނޑުވަރު ބެލުމަށް އައްޑޫ އާއި ފޯއްމުލަކު އާއި ޖުމްލަކޮށް މުޅި ރާއްޖޭގެ ހުރިހާ ހިސާބަކުން މީހުން އަންނަ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355