twitterviber whatsapp telegramfacebookyoutube instagram
15th October 2026

ވީ.އެސް.އާރު.ސީ ފިރިހެނުންގެ ވޮލީބޯޅަ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި

Dec 20, 2016

ހދ ފިނޭ، ވައި ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ކުރިއަށްގެންދިޔަ ފިރިހެން ވޮލީ މުބާރާތް ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.

މިމަހު 9 ން 17 ކުރިއަށްގެންދިޔަ މި މުބާރާތުގައި ޖުމްލަ 04 ޓީމެއް ވާދަކޮށްދައިވެ އެވެ. އެއީ ހެހެހޭންސް، ކުލަބު ބެސްޓް ފެމިލީ، ޑިޒަރޔަރ ކުރޫ އަދި ޑީސީ ޖޫނިއަރ އެވެ.

ލީގް އުސޫލުން ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކޮށް އެންމެ ގިނަ ޕޮއިންޓް ހޯދައި 02 ޓީމް މުބާރާތުގެ ފައިނަލަށް ދަތުރު ކުރާގޮތަށް ކުޅެވުނު މި މުބާރާތުގެ ފައިނަލްގައި ވާދަކުރީ ކުލަބް ބެސްޓްފެމިލީ އަދި ޑިޔަރޔަރ ކުރޫ އެވެ. މި މެޗް 3-2 ސެޓުން ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވަނީ ޑިޒަރޔަރ ކުރޫ އެވެ

ފައިނަލް މެޗްގެ ޝަރަފްވެރި މެހްމާނަކީ ހދ.ފިނޭ ދެތަނޑިމާގެ އަލްއުސްތާޒް ފައިސަލް އާދަމް އެވެ. މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 3000 ރުފިޔާގެ ފައިސާ އިނާމާއި ޓްރޮފީ އަދި މެޑަލް ހަވާލުކޮށްފައިވެ އެވެ. ރަނަރަޕް ޓީމަށް 1500 ރުފިޔާގެ ފައިސާ އިނާމާއި ޓްރޮފީ އަދި މެޑަލް ހަވާލުކޮށްފައިވެ އެވެ.

މުބާރާތުގެ އެންމެ މޮޅު 06 ކުޅުންތެރިންނަކީ

– އަލީ އަބުދުﷲ (ހެހެހޭންސް)

-މުހައްމަދު ޝަކީބް (ހެހެހޭންސް)

-އަހުމަދު އަފްސަލް ( ކުލަބް ބެސްޓް ފެމިލީ)

-އަލީ ރަމީޒް (ކުލަބު ބެސްޓް ފެމިލީ)

-އަބުދުލް ޤަނީ އަހުމަދު ( ޑީސީ ޖޫނިޔަރ)

– އާދަމް ނަސީރު ( ޑީޒަރޔަރ ކުރޫ)

މިމުބަރާތް ކުރިއަށްގެންދިއުމުގައި  ހަނިމާދޫ ދާއިރާގެ މަޖިލިސް މެމްބަރ ހުސައިން ޝަހުދީ އަށާއި ކުޅުދުއްފުށި އާދަމް މުހައްމަދު ވެދެއްވި އެހީތެރިކަން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293