twitterviber whatsapp telegramfacebookyoutube instagram
30th March 2024

ހަމައެކަނި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލަކަށް ޖަލާލުއްދީން ބަދަލުކުރަނީ

Jan 8, 2017

ރާއްޖޭ އުތުރުގެ މައި ސްކޫލުކަމުގައިވާ ޖަލާލުއްދީން ސްކޫލު، ހަމައެކަނި މަތީ ސާނަވީއަށް ކިޔަވައިދޭ ސްކޫލަކަށް ބަދަލުކުރުމަށް ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީ ވިދާޅުވެއްޖެ އެވެ.

ޖަލާލުއްދީން ސްކޫލަކީ ރާއްޖޭގެ އެންމެ އުތުރުގަ ސާނަވީ ތައުލީމު ފޯރުކޮށްދިނުމަށް ސަރުކާރުން ފުރަތަމަ ގާއިމްކުރި ސްކޫލެވެ. އެސްކޫލަކީ ގުރޭޑް 8 ން 12 ކިޔަވައިދޭ ސްކޫލެކެވެ.

އެކަމަކު އަންނަ 2018 ވަނަ އަހަރުން ފެށިގެން ޖަލާލުއްދީން ސްކޫލުގެ ގުރޭޑް 8 ކަށް ދަރިވަރުންނެއް ނުވައްދާނެ އެވެ. އެސްކޫލުގެ ގުރޭޑް 8 ގެ އެންމެ ފަހު ބެޗަށް ވަނީ މިއަހަރު ކިޔަވަން ފެށި ބެޗެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު ކޭއޯއަށް ވިދާޅުވީ، ކުޅުދުއްފުށިގައި ހުންނަ ޖަލާލުއްދީން ސްކޫލު ހަޔަރ އެޑިއުކޭޝަން ސްކޫލަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރުން ފެށިގެން އެސްކޫލުގެ ގުރޭޑް 8 ކަށް ކުދިން ނުނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

” މާލެގައި ހުންނަ ސީއެޗްއެސްސީ އާއި އައްޑޫ ހަޔަރ ސްކޫލަކީވެސް ހަމައެކަނި 11، 12 ކިޔަވައިދޭ ސްކޫލުތައް. އެ ސްކޫލުތައް ގޮތަށް ޖަލާލުއްދީން ސްކޫލުވެސް ބަދަލުވެގެން ދާނީ ހަމައެކަނި މަތީ ސާނަވީ ކިޔަވައިދޭ ސްކޫލަކަށް ” އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލް ވިދާޅުވި އެވެ.

އޮފިޝަލް ވިދާޅުވީ އަހަރަކު ގުރޭޑެއް އުނިވަމުން ގޮސް 2020 އަހަރާ ހަމައަށްދާއިރު އެސްކޫލުގައި ހަމައެކަނި ކިޔަވަނީ އޭލެވެލް ކަމަށެވެ. އޭރުން އެ ސްކޫލު ވެގެންދާނީ ކުޅުދުއްފުށީ ސަރަހައްދުގެ ދަރިވަރުން އޭލެވެލް ކިޔަވަންދާ ސްކޫލަކަށް ކަމަށެވެ. އަންނަ 2018 އަހަރުން ފެށިގެން ބީޓެކް އޭލެވެލްއަށް ކިޔަވައިދޭން ފަށާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

2018 ވަނަ އަހަރުން ފެށިގެން ޖަލާލުއްދީން ސްކޫލު ގުރޭޑް އަށަކަށް ކުދިން ނަގަން ހަމަޖެހިފައިނުވާއިރު ހދ އަތޮޅު ތައުލީމީ މަރުކަޒުގައި އެއަހަރު ގުރޭޑް 8 އުފައްދަން ހަމަޖެހިފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން މައުލޫމާތުދެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355