ކަރަންޓް ކެނޑުނުކަމުގައިވިޔަސް ހޮސްޕިޓަލްގެ އާންމު އޮޕަރޭޝަންތަކަށް އެއްވެސް ދަތިކަމެއްދިކަމެއް ދިމާވެފައިނުވާކަމުގައި ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް (ކޭއާރުއެޗް) ބުނެފި އެވެ.
އެ ހޮސްޕިޓަލްގެ ޕެނަލް ބޯޑަށް ދިމާވި މައްސަލައަކާ ގުޅިގެން ބުރާސްފަތިދުވަހު މެންދުރުފަހުގެ ވަގުތެއްގައި އެ ހޮސްޕިޓަލްގެ ބައެއް ހިސާބުތަކުން ކަރަންޓްގެ ކެނޑުނެވެ.
ކަރަންޓް ކެނޑުމާ ގުޅިގެން ސޯޝަލް މީޑިއާގައި ހޮސްޕިޓަލުން ކަރަންޓް ކެނޑިފައިވާ މަންޒަރު ފެންނަ ވީޑިއޯތަކެއް ދައުރުކުރި އެވެ. އަދި އެކަމުގެ ކަންބޮޑުވުން ގިނަ ބަޔަކު ހިއްސާކޮށްފައިވެ އެވެ.
ކޭއާރުއެޗުން މިއަދު މެންދުރުފަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުނީ، ކަރަންޓް ކެނޑުނު ތަންތަނުގެ ތެރޭގައި އައިސޮލޭޝަން ވާރޑްގެ ގޮތުގައި ބޭނުންކުރާ ވާރޑާއި ޕްރައިވެޓް ދެ ރޫމް ހިމެނޭ ކަމަށެވެ.
"17 ޖުލައި 2025 ވީ ބުރާސްފަތި ދުވަހު މެންދުރު ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަގެ ޕެނަލް ބޯޑަށް ދިމާވި މައްސަލައަކާއި ގުޅިގެން ހޮސްޕިޓަލުގެ ބައެއް ހިސާބުތަކުން ކަރަންޓް ވަނީ ކެނޑިފައެވެ. މިގޮތުން އައިސޮލޭޝަން ވޯޑުގެ ގޮތުގައި ބޭނުންކުރާ ވޯޑް އަދި ޕްރައިވެޓް 2 ރޫމް ހިމެނެއެވެ. މިކަމުގެ ސަބަބުން ހޮސްޕިޓަލުގެ އާންމު އޮޕަރޭޝަނަށް އެއްވެސް ދަތިކަމެއް ދިމާވެފައެއް ނުވެއެވެ." ކޭއާރުއެޗްގެ ޕޯސްޓްގައިވެ އެވެ.
އެ ހޮސްޕިޓަލަކީ 24 ގަޑިއިރު ހިދުމަތްދޭ ގިނަ އަދަދެއްގެ ރައްޔިތުން ހިދުމަތް ހޯދާ ހޮސްޕިޓަލަކަށްވާތީ، މައްސަލަ ހައްލުކުރުމުގައި ހިދުމަތްތަކަށް ބުރޫ ނާރާނެ ގޮތަކަށް ކަންތައްތައް ރާވާނެކަމުގަ އެ ހޮސްޕިޓަލުން މައުލޫމާތުދެ އެވެ.
ކޮންމެ ދުވަހަކުވެސް ގިނަ ބަޔަކު ހިދުމަތް ހޯދަމުންދާ މި ހޮސްޕިޓަލުން މިދިޔަ އަހަރުވެސް ލައްކައަކަށްވުރެ ގިނަ މީހުން ހިދުމަތް ހޯދި އެވެ.