twitterviber whatsapp telegramfacebookyoutube instagram
24th April 2024

ލޯކަލް ކައުންސިލް އިންތިހާބަށް ކުރިމަތި ލުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

Jan 9, 2017

އަންނަ އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބަށް ވާދަ ކުރުމުގެ  ފުރުސަތު އަލުން އިލެކްޝަން ކޮމިޝަނުން ހުޅުވާލައިފި އެވެ.

އަންނަ އޭޕްރިލް މަހު 8 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މި އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ފެބްރުއަރީ މަހުގެ ހަވަަނަ ދުވަހުގެ މެންދުރު ފަހު 2:00އާ ހަމައަށް ކަމަށް އެ ކޮމިޝަނުން ނެރުނު އިއުލާނެއްގައި ބުނެފައި ވެއެވެ.

އިންތިހާބަށް އަލުން ކުރިމަތިލާން ޖެހުނަސް އެ އިންތިހާބަށް ކުރިން ރީ ރަޖިސްޓްރީކުރި މީހުން އަލުން ރީ ރަޖިސްޓްރީ ކުރަން ނުޖެހޭ ގޮތަށް ކޮމިޝަނުން ވަނީ ހަމަޖައްސައިފަ އެވެ.

އަދި ކުރިން އިންތިހާބު ބާއްވަން އިއުލާންކުރި ތާރީހް ކަމުގައިވާ މިމަހުގެ 14 ވަނަ ދުވަހާއި ގުޅިގެން އިންތިހާބުގައި ވާދަކުރަން ފޯމްހުށައެޅި ބޭފުޅުންވެސް އަލުން އިންތިހާބުގައި ވާދަކުރުމަށް ފޯމް ހުށަހަޅަން ޖެހުނުކަމުގައު ވިއަސް ކެންޑިޑެސީ ބަލައިގެންފައިވާ ބޭފުޅުންނަށް އަލުން ފޯމް ހުށަހަޅާއިރު ލުއިތަކެއް ދޭނެ ކަަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

ކައުންސިލް އިންތިޚާބު އޭޕްރީލް މަހުގެ އަށް ވަނަ ދުވަހު ބާއްވަން ނިންމީ ކުރިން މިމަހު 14 ގައި އިންތިހާބު ބާއްވަން ނިންމާފައިވަނިކޮށް އިންތިހާބަށް ތައްޔާރު ނުވެވޭ ކަމަށް ބުނެ ވެރިކަން ކުރާ ޕީޕީއެމުން ކޯޓަށް މައްސަލަ ހުށައެޅުމުން ދެމަހަށް އިންތިހާބު ފަސްކުރުމަށް ސިވިލް ކޯޓުން މިދިޔަ މަހު ހުކުމް ކުރުމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355