twitterviber whatsapp telegramfacebookyoutube instagram
19th April 2024

ފަސްޓް ލޭޑީ ބަށިބޯޅަ މުބާރާތުގައި ހދ އަތޮޅުގެ އެއްވެސް ރަށަކުން ބައިވެރިއެއް ނުވޭ

Jan 12, 2017

ރާއްޖޭގެ ހުރިހާ ރަށަކަށް ހުޅުވާލައިގެން ބާއްވާ ފަސްޓް ލޭޑީ ބަށިބޯޅަ މުބާރާތުގައި ހދ ގެ އެއްވެސް ރަށަކުން ބައިވެރި ވެފައެއް ނުވެއެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ބާއްވާ ފުރަތަމަ ބަށި މުބާރާތުގައި 17 އަތޮޅުން، 49 ޓީމް ބައިވެރިވެފައި ކަމަށް ފަސްޓް ލޭޑީ ބަށިބޯޅަ މުބާރާތް އިންތިޒާމްކުރާ ކޮމެޓީން މައުލުމާތުދެއްވި އެވެ.

އއ، ވ، ތ އަދި ޏ.އަތޮޅުން އެއް ޓީމް އަދި ހއ، ށ، ޅ، މ، ދ އަދި ގދ މިއިން ކޮންމެ އަތޮޅަކުން ދެ ޓީމް ބައިވެރިވެފައި ވެއެެވެ. ހަމައެހެންމެ ކ، ގއ.އަތޮޅުނާއި ފ.ބިލެއްދޫންއިން ތިން ޓީމް މުބާރާތުގައި ބައިވެރިވެފައިވާއިރު، ރ، އދ، ފ އަދި ލ.އަތޮޅުން ހަތަރު ޓީމް ބައިވެރިވެފައިވެއެވެ. އަދި ކ.އަތޮޅުން ފަސް ޓީމް ބައިވެރިވެފައި އެވެ. މުބާރާތުގައި އެންމެ ގިނަ ޓީމް ބައިވެރިވެފައިވަނީ ނ.އަތޮޅުންނެވެ. ނ.އަތޮޅުގެ ހަ ރަށަކުން މުބާރާތުގައި ވާދަކުރާނެއެވެ.

މުބާރާތުގައި ބައިވެރިވެފައިވާ ޓީމްތައް

އއ.އަތޮޅުން ބައިވެރިވެފައިވަނީ ހިމަންދޫ

ވ.އަތޮޅުން ބައިވެރިވެފައިވަނީ ކެޔޮދޫ

ޏ.އަތޮޅުން ބައިވެރިވެރިވެފައިވަނީ 1 ޓީމް

ތ.އަތޮޅުން ބައިވެރިވެފައިވަނީ ވޭމަންޑޫ

ހއ.އަތޮޅު 2 ޓީމް: ކެލާ އަދިި އުތީމް

ށ.އަތޮޅު 2 ޓީމް: ގޮއިދޫ، ފޮނަދޫ

ދ.އަތޮޅުން 2 ޓީމް: ބަނޑިދޫ އަދި ކުޑަހުވަދޫ

މ.އަތޮޅުން 2 ޓީމް: ނާލާފުށި އަދި ވޭވަށް

ޅ.އަތޮޅުން 2 ޓީމް: ނައިފަރު އަދި ހިންނަވަރު

ކ.އަތޮޅު 3 ޓީމް: ގުޅި، މާފުށި އަދި ކާށިދޫ

ގއ.އަތޮޅުން 3 ޓީމް: ވިލިގިލި، ގެމަނަފުށި އަދި ނިލަންދޫ

ރ.އަތޮޅުން 4 ޓީމް: އިނގުރައިދޫ، ރަސްގަތީމް، ހުޅުދުއްފާރު އަދި މީދޫ

އދ.އަތޮޅުން 4 ޓީމް: މާމިގިލި، ކުނބުރުދޫ، މަހިބަދޫ އަދި ފެންފުށި

ފ.އަތޮޅުން 4 ޓީމް: ބިލެއްދޫ، 3 ޓީމް އަދި ފީއަލި

ލ.އަތޮޅުން 4 ޓީމް: ގަން، ފޮނަދޫ، މުންޑޫ އަދި ތުނޑި

މާލެ އަތޮޅު 5 ޓީމް: ހުޅުމާލެއިން 3 ޓީމް އަދި މާލެއިން 2 ޓީމް

ނ.އަތޮޅުން 6 ޓީމް: ލަންދޫ، މާޅެންދޫ، ޅޮހި، ހޮޅުދޫ، މާފަރު، މަނަދޫ

ބަށިބޯޅަ މުބާރާތް އިންތިޒާމްކުރާ ކޮމެޓީން މައުލުމާތުދެއްވި ގޮތުގައި މީގެތެރެއިން އަތޮޅު މުބާރާތަށްދާނީ ތިން ޓީމްގެ މެދުގައި ކުޅެ ކުރި ހޯދާ ޓީމެއް ކަމަށާއި އަދި މިމުބާރާތް ކުރިއަށްދާނީ އަތޮޅު މުބާރާތެއް ކުޅުމަށްފަހު، އަތޮޅު ތަކުގެ ޗެންޕިއަނުން ޒޯން މުބާރާތުގައި ވާދަކުރާ ގޮތަށް ކަމަށެވެ. ޒޯން ތަކުގެ ޗެންޕިއަން ޓީމްތައް ވާދަކުރާބައި ކުރިއަށްގެންދާނީ މާލޭގައި ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355