twitterviber whatsapp telegramfacebookyoutube instagram
19th May 2024

މިނިވަން ޗެމްޕިއަންޝިޕް: މިއަހަރު ބޮޑުތިލަދުންމަތީގެ 14 ރަށަކުން ބައިވެރިވޭ

Feb 1, 2017

މިނިވަން ޗެމްޕިއަންޝިފްގައި މިއަހަރު 75 ޓީމަކުން ބައިވެރިވެއްޖެ އެވެ. މިމުބާރާތުގައި ބޮޑުތިލަދުންމަތިން މިފަހަރު ބައިވެރިވެފައިވަނީ 14 ޓީމަކުންނެވެ.

އެއީ ޒޯން 1 ގައި ހިމެނޭ ހއ ފިއްލަދޫ، އިހަވަންދޫ، މާރަންދޫ، މުރައިދޫ އާއި ހދ ހަނިމާދޫ، ކުޅުދުއްފުށި، ހިރިމަރަދޫ،  ކުމުންދޫ، ކުރިނބީ، ނޭކުރެންދޫ، ނޮޅިވަރަންފަރެވެ.

ޒޯންގެ 2 ގައި ހިމެނޭ ށ އަތޮޅުން މިފަހަރު ބައިވެރިވެފައިވަނީ އެންމެ 3 ރަށުންނެވެ. އެއީ ށ.ފުނަދޫ، ޅައިމަގު، މިލަންދޫ އެވެ.

މާޗް މަހު 15 ވަނަ ދުވަހު ފަށަން ހަމަޖެހިފައިވާ މި މުބާރާތުގައި  މި މުބާރާތް މި ފަހަރު ކުރިޔަށްދާނީ ދެ ބުރަކަށް ބަހާލައިގެންނެވެ. އެއީ އަތޮޅުތަކުގެ ބުރާއި މާލޭގައި ހުރިހާ ޒޯނެއްގެ ޗެމްޕިއަނެއްގެ މެދުގައި ކުޅޭ ޒޯން ލީގު ބުރެވެ. ޕްރިމިއާ ލީގަށް ހޮވޭނީ ޒޯން ޗެމްޕިއަނުންގެ މެދުގައި ކުޅޭ ލީގު ބުރުގެ ގަދަ ހަތަރެކެވެ

ޒޯން 2 ގައި ނ.ކުޑަފަރީ، ޅޮހި، މާޅެންދޫ، މަނަދޫ، ށ. ފުނަދޫ، ޅައިމަގު، މިލަންދޫ އެވެ. ޒޯން 3 ގައި ބ.އޭދަފުށި، ދަރަަވަންދޫ، ޅ.ނައިފަރު، ކުރެންދޫ، އޮޅުވެލިފުށި، ރ. ހުޅުދުއްފާރު، އިންނަމާދޫ، މީދޫ، އަލިފުށި، ރަސްމާދޫ، އުނގޫފާރެެވެ. ޒޯން 4 ގައި އއ މާޅޮސް، އދ.ކުނބުރުދޫ، މަހިބަދޫ، މަންދޫ، ކ.ދިއްފުށި، ގުޅި، ގުރައިދޫ، މާފުއްޓެވެ. ޒޯން 5 ގައި ދ.ކުޑަހުވަދޫ، މީދޫ، ފ.ފީއަލި، މަގޫދޫ، ނިލަންދޫ، މ. މަޑުއްވަރީ، މުލި، ނާލާފުށި، ވޭވަށް އެެވެ. ވ. އަތޮޅުން ބައިވެރިވީ ފުލިދޫ އެވެ.

މީގެ އިތުރުން ޒޯން 6 ކުން ލ. ގަން، ކުނަހަންދޫ، މާބައިދޫ، މާމެންދޫ، މުންޑޫ، ތ.ގާދިއްފުށި، ގުރައިދޫ، ހިރިލަންދޫ، މަޑިފުށި، ތިމަރަފުށި، ވޭމަންޑޫ، ވިލުފުށި އެވެ. ޒޯން 7 ކުން ގއ. ދެއްވަދޫ، ކަނޑުހުޅުދޫ، ކޮލަމާފުށި، ކޮނޑޭ، ނިލަންދޫ، ގދ. ހޯޑެއްދޫ، ގައްދޫ، މަޑަވެލި، ތިނަދޫ ބައިވެރިވިއިރު ޒޯން 8 ބައިވެރިވެފައިވަނީ ޏ.  ދަނޑިމަގު، ދޫނޑިގަން، އަދި ސ. ފޭދޫ، ހިތަދޫ، މަރަދޫ ފޭދޫ، މަރަދޫ، މީދޫއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355