twitterviber whatsapp telegramfacebookyoutube instagram
29th March 2024

ޕީޕީއެމްއަށް މެމްބަރުން ހޯދުމަށް ފޯކައިދޫ ފެނަކަ މުވައްޒަފުން މަސައްކަތްކުރަނީ

Feb 2, 2017

ސަރުކާރު ހިނގާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)އަށް މެމްބަރުން ހޯދުމަށް ށ ފޯކައިދޫ ފެނަކަ ބުރާންޗްގެ މުވައްޒަފުން މަސައްކަތް ކުރަމުންދާކަމަށް މައުލޫމާތު ކޭއޯ އެނގިއްޖެ އެވެ.

އިތުބާރު ހުރި މަގާމުގެ ހުރި އެރަށު އޮފިޝަލަކު ކޭއޯއަށް ބުނީ ޕީޕީއެމްއަށް މެމްބަރުން ހޯދުމަށް ފެނަކަ ބުރާންޗުގެ މުވައްޒަފުންނަށް މަޖުބޫރުކުރަމުންދާކަމަށެވެ. އެގޮތުން ކޮންމެ މުވައްޒަފަކު ޕީޕީއެމްއަށް ފަސް މެމްބަރުން ހޯދުމަށް އަންގާފައިވާކަމަށް އެ އޮފިޝަލް ބުންޏެވެ.

ފޯކައިދޫ އެހެން މީހަކު ބުނީ ޕީޕިއެމްއަށް ސޮއިކުރަން އެދި އޭނާއަށްވެސް އެރަށު ފެނަކަ ބުރާންޗުގެ އޮފިޝަލަކު ގުޅިކަމަށެވެ. އަދި އެމީހުން ޕީޕީއެމްއަށް ސޮއި ހޯދުމަށް ވަރަށް ގިނަ ވާހަކަތައް ދައްކާކަމަށް ކޭއޯއާ ވާހަކަ ދެއްކި އެރަށު މީހަކު ބުންޏެވެ. އެރަށުން ވާހަކަ ދެއްކި މީހުން ބުނީ ފޯކައިދޫ ފެނަކަ ބުރާންޗުގައި ވަޒީފާއަދާ ހުރިހާ މީހުންނަކީވެސް ޕީޕީއެމް ފިކުރުގެ މުވައްޒަފުން ކަމަށެވެ

އެކަމަށް އިޝާރާތްވާ ކަހަލަ ގޮތަށް އެރަށު ކައުންސިލްގެ ނައިބު ރައީސް އަހުމަދު އާސިފް ޝޯސަލް މީޑިއާގައި ވިދާޅުވެފައިވަނީ ” ބިރުދައްކައިގެން ފޯމް ފުރިދާނެކަމަށާއި އެކަމަކު ފިކުރު ބަދަލެއް ނުކުރެވޭނެ” ކަމަށެވެ.

މިކަމާ ގުޅިގެން ފެނަކަ ކޯޕަރޭޝަނުގެ އެމްޑީ އަހުމަދު ޝަރީފުގެ ބަހެއް ހޯދުމަށް ތަކުރާރުކޮށް ގުޅުމުންވެސް ފޯނަށް ޖަވާބު ނުދެއްވާތީ ފެނަކާގެ ބަހެއް ވަނީ އަދި ލިބޭ ގޮތް ނުވެފަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355