twitterviber whatsapp telegramfacebookyoutube instagram
20th May 2024

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ނޮޅިވަރަމުންވެސް ބައިވެރިވެއްޖެ

Feb 6, 2017

މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ހދ ނޮޅިވަރަމުންވެސް ބައިވެރިވެއްޖެ އެވެ.

ކުރިން އާންމުކުރި ލިސްޓްގައި ނޮޅިވަރަމް ހިމެނިފައި ނުވާއިރު އަލަށް އާންމުކުރި ލިސްޓްގައި ހދ އަތޮޅުން ވަނީ އިތުރު ދެ ޓީމު ބައިވެރިވެފަ އެވެ. އެއީ 2015 ވަނަ އަހަރުގެ ހދ އަތޮޅު އަދި ޒޯން 1 ޗެމްޕިއަން ނޮޅިވަރަމުގެ އިތުރުން ހދ ފިނޭ އެވެ.

މި ދެ ޓީމުގެ އިތުރުން ހދ އަތޮޅުން ދެން ވާދަކުރާނީ އެންމެ ފަހުގެ ހދ އަތޮޅާއި ޒޯން 1 ޗެމްޕިއަންކަން ހޯދި ހދ ހަނިމާދޫ އާއި ކުޅުދުއްފުށި، ހިރިމަރަދޫ،  ކުމުންދޫ، ކުރިނބީ، ނޭކުރެންދޫ، ނޮޅިވަރަންފަރެވެ.

ހދ އަތޮޅުގެ 9 ޓީމެއް މި އަހަރު މި މުބާރާތުގައި ވާދަކުރާއިރު މިއީ އެއް އަތޮޅަކުން އެންމެ ގިނަ ޓީމު ބައިވެރިވި އަތޮޅެވެ.

މި އަހަރުގެ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މާޗު މަހުގެ 15 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355