twitterviber whatsapp telegramfacebookyoutube instagram
30th August 2026

70 ކުޅުންތެރިން ބައިވެރިވި ޓީމު ކުޅުދުއްފުށީގެ ފުރަތަމަ މެޗު ޓީމު ކުޅުދުއްފުށިން ކާމިޔާބުކޮށްފި

Feb 14, 2017

70 ކުޅުންތެރިންނާއި 11 އޮފިޝަލުން ބައިވެރިވި ޓީމު ކުޅުދުއްފުށީގެ ފުރަތަމަ މެޗު 7-0 އިން ޓީމު ކުޅުދުއްފުށި އިން ކާމިޔާބުކޮށްފި އެވެ.

އިއްޔެ ހަވީރު ޒޯން ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ޓީމު ކުޅުދުއްފުށި ބައްދަލުކުރީ ކުޅުދުއްފުށީގެ ކުރީގެ ކުޅުންތެރިންގެ ޓީމަކާ އެވެ. އެ މެޗުގައި މަގުލަސް އަދި ޒުވާނުންގެ ޖަމުއިއްޔާގެ ރަން ދައުރުގެ ގިނަ ކުޅުންތެރިންތަކެއް ފެނިގެން ގޮސްފައިވެ އެވެ. ހާއްސަކޮށް މަގުލަސް އަށް ކުޅުނު ގިނަ ލެޖެންޑުން ތަކެއް ފެނިފައިވެ އެވެ.

އިއްޔެ ގެ މެޗުގައި ނުކުތް ލެޖެންޑްސް ޓީމް – ފޮޓޯ: ޓީމް ކުޅުދުއްފުށި

މި މެޗުގެ ކުރީކޮޅު ޓީމު ކުޅުދުއްފުށިން ވަނީ 3-0 ގެ ލީޑެއް ނަގާފަ އެވެ، ފުރަތަމަ ހާފު 5-0 އިން ނިމުނުއިރު ދެވަނަ ހާފު ނިމުނީ 7-0 އިންނެވެ.

މި މެޗުގައި ލެޖެންޑްސް ޓީމުގައި 24 ކުޅުންތެރިންނާއި 7 އޮފިޝަލުން ހިމެނުނުއިރު ޓީމު ކުޅުދުއްފުށީގައި 37 ކުޅުންތެރިންނާއި 4 އޮފިޝަލުން ހިމެނުނެވެ.

އިއްޔެގެ މެޗަށް ނުކުތް ޓީމް ކުޅުދުއްފުށި ޓީމް – ފޮޓޯ: ޓީމް ކުޅުދުއްފުށި

ޓީމު ކުޅުދުއްފުށި މި އަހަރުގެ މިނިވަން 50 ފުޓްބޯޅަ މުބާރާތަށް ޕުރެކްޓިސް ފެށީ މި މަހުގެ 8 ވަނަ ދުވަހު އެވެ. މި އަަހަރުގެ މިނިވަން 50 މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މާޗު 8 ވަނަ ދުވަހު އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355