twitterviber whatsapp telegramfacebookyoutube instagram
29th March 2026

މިނިވަން ފަންސާސް މުބާރާތުގައި ކުޅުދުއްފުއްޓާއި އެއް ގުރޫޕަކަށް ކުމުންދޫ އަދި ކުރިނބީ

Feb 19, 2017

މިނިވަން ފަންސާސް މުބާރާތުގައި ކުޅުދުއްފުށި ހިމެނޭ ގުރޫޕަށް ލައްވާލީ ކުމުންދޫ އަދި ކުރިނބީ އެވެ.

އަންނަ މަހުގެ 15 ވަނަ ދުވަހު ފެށުމަށް ހަމެޖެހިފައިވާ ހދ އަތޮޅު ބުރުގައި ޖުމްލަ 9 ޓީމު ވާދަކުރާއިރު ކުޅުދުއްފުށި ހިމެނެނީ ގުރޫޕް 1 ގަ އެވެ.

ޖުމްލަ 3 ގުރޫޕް ހިމެނޭއިރު ދެވަނަ ގުރޫޕްގައި ހިމެނެނީ ނޮޅިވަރަމް، ނޮޅިވަރަމްފަރު އަދި ފިނޭ އެވެ. ތިން ވަނަ ގުރޫޕްގައި ހިމެނެނީ އެންމެ ފަހުގެ ޗެމްޕިއަން ހަނިމާދޫ އާއި ނޭކުރެންދޫ ގެ އިތުރުން ހިރިމަރަދޫ އެވެ.

މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ ކުޅުދުއްފުށި އަދި ކުރިނބީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355