twitterviber whatsapp telegramfacebookyoutube instagram
20th May 2024

އައްޑޫގައި ބާއްވާ މަކިޓާ ޗެމްޕިއަންޝިޕްގައި ކުޅުދުއްފުށީގެ 2 ސްކޫލަކާއި ކުލަބަކުން ބައިވެރިވެއްޖެ

Feb 20, 2017

އައްޑޫ ސިޓީގައި އަންނަ މާރޗްމަހު ފަށާ އެޓޯލް ޖޫނިއަރ ޗެމްޕިއަންޝިޕްގައި ކުޅުދުއްފުށީގެ ދެ ސްކޫލަކާއި ކުލަބެއް ބައިވެރިވެއްޖެ އެވެ.

މާރޗު 20 ން 23 އަށް ކުރިއަށްގެންދާ މިމުބާރާތުގައި ކުޅުދުއްފުށިން ބައިވެރިވެފައިވަނީ ހދ އަތޮޅު ތައުލީމީ މަރުކަޒާއި ޖަލާލުއްދީން ސްކޫލުގެ އިތުރުން ކުލަބް މުގޫ ސްޕޯޓްސް އެވެ.

ޖުމްލަ މިމުބަރާތުގައި 7 ކުލަބަކާއި 22 ސްކޫލަކުން 95 ޓީމް ބައިވެރިވާކަމަށް އެތުލެޓިކްސް އެސޯސިއޭޝަން މައުލޫމާތުދެ އެވެ.

މުބާރާތުގައި ބައިވެރިވެފައިވާ އިތުރު 6 ކްލަބަކީ ކުޑަ ހުސެއިން ސްޕޯޓްސް އެސޯސިއޭޝަން، ކީން ޔޫތު ސްޕޯޓްސް އެކަޑަމީ، ޒިފިއަސް ސްޕޯޓްސް ކްލަބް، ކްލަބް ކާމް ސްޕޯޓްސް، ކްލަބް ރައިވެރިޔާ އަދި ތިނަދޫ ޒުވާނުންގެ ކްލަބެވެ.

މުބާރާތުގައި ބައިވެރިވާ އިތުރު ސްކޫލްތަކަކީ ދާންދޫ ސްކޫލް، ގދ. އަތޮޅު މަދަރުސާ، ހުވަދޫ ސްކޫލް، ކަނޑުހުޅުދޫ ސްކޫލް، ގދ. އަތޮޅު ތައުލީމީ މަރުކަޒު، ތިނަދޫ ސްކޫލް، އަބޫބަކުރު ސްކޫލް، ފުވައްމުލަކު ސްކޫލް، ހާފިޒް އަހުމަދު ސްކޫލް، މަދުރަސަތުލް ޝައިޚް މުޙައްމަދު ޖަމާލުއްދީން، ޏ. އަތޮޅު ތައުލީމީ މަރުކަޒު، ހުޅުދޫ ސްކޫލް، ސ. އަތޮޅު މަދަރުސާ، ހިތަދޫ ސްކޫލް، ޝަރަފުއްދީން ސްކޫލް، އައްޑޫ ހައި ސްކޫލް، މަރަދޫ ސްކޫލް، މަރަދޫ ފޭދޫ ސްކޫލް، އިރުޝާދިއްޔާ ސްކޫލް އަދި ފޭދޫ ސްކޫލެވެ.

6 އުމުރުފުރާއަކަށް ކުރިޔަށް ގެންދާ މުބާރާތުގެ 13 އަހަރުންދަށުގެ ފިރިހެން ބައިގައި 18 ޓީމް، އަންހެން ބައިގައި 20 ޓީމް، 16 އަހަރުން ދަށުގެ ފިރިހެން ބައިގައި 17 ޓީމް، އަންހެން ބައިގައި 14 ޓީމް، 19 އަހަރުންދަށުގެ ފިރިހެން ބައިގައި 14 ޓީމް، އަދި އަންހެން ބައިގައި 12 ޓީމް ބައިވެރިވިއެވެ.

ޗެމްޕިއަންޓީމަށް 7000ރުފިޔާ، ރަނަރަޕް ޓީމަށް 5000ރ އަދި ތިންނަވަ ޓީމަށް 3000ރުފިޔާގެ އިނާމް ފައިސާ ކަނޑައަޅާފައިވާ މުބާރާތުގެ މިދިޔަ އަހަރުގެ ފިރިހެން ޗެމްޕިއަންޓީމަކީ އެމް އެސް ހެލްޕިން ހޭންޑް ސްޕޯޓްސް އެކަޑަމީއެވެ. އަދި އަންހެން ޗެމްޕިއަންޓީމަކީ ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލެވެ. އަންހެން އެންމެ މޮޅު އެތުލީޓަކީ ކްލަބް އީގަލްސްގެ އާއިޝަތު ޒާރާ އާތިފް އެވެ. އަދި ފިރިހެން އެންމެ މޮޅު އެތުލީޓަކީ ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ މުހައްމަދު ޝަޒީން ޖިހާދެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355