މިހާރު ކުރިއަށްދާ ތިންވަނަ އެމްބީއޭ ކަޕް ގެ ފައިނަލަށް ޒިގްޒެގް އިން ދަތުރު ކޮށްފި އެވެ.
ޒިގްޒެގްއިން ފައިނަލަށް ދަތުރުކުރީ ކުޅުނު 4 މެޗުގެ ތެރެއިން 3 މެޗު ކާމިޔާބުކޮށްގެންނެވެ. މިގޮތުން އެންމެ ފަހުން ކުޅުނު މެޗުގައި ޒިގްޒެގް އިން ވަނީ 62-46 އިން ސައިކުލޯން ބަލިކޮށްފަ އެވެ. ފައިނަލުގައިވެސް ޒިގްޒެގް ނުކުންނާނީ ސައިކުލޯންއާ ދެކޮޅަށެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޒިގްޒެގްގެ ސިޒްނާ ރަޝީދު އެވެ.
ޒިގްޒެގް އިން ކުޅުނު ފުރަތަމަ މެޗުގައި ރެޑް ވިންގްސް 44-17 އިން ބަލިކުރިއިރު ދެވަނަ މެޗުގައި ސައިކުލޯން އަތުން 48-28 އިން ވަނީ ބަލިވެފަ އެވެ. ނަމަވެސް ތިން ވަނަ މެޗު ވަނީ 75-22 އިން ކާމިޔާބުކޮށްފަ އެވެ.
ފައިނަލް މެޗު އޮންނާނީ ފެބްރުއަރީ 25 ވަނަ ދުވަހު ހަވީރު 4:30 ގައި ޒުވާނުންގެ މަރުކަޒު އިންޑޯ ކޯޓުގަ އެވެ.