މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި ހަނިމާދޫއިން މިއަަހަރު ނުކުންނަނީ އަތޮޅު މުބާރާތުގެ ތަށި ދިފާއުކުރުމަށް ކަމަށާއި ޖެހިލުންވާ ވަރުގެ ޓީމެއް ނެތްކަމަށް ހަނިމާދޫ ޓީމުގެ މެނޭޖަރު އަލީ މުހައްމަދު ވިދާޅުވެއްޖެ.
ހަނިމާދޫ ޓީމަކީ ތިލަދުންމަތީގައި ފާހަގަކޮށްލެވޭ ވަރުގަދަ ޓީމެކެވެ. އަދި މިދިޔަ އަހަރުގެ އަތޮޅު މުބާރާތުގެ ތަށީގެ އިތުރުން ޒޯން މުބާރާތްވެސް ހަނިމާދޫ ވަނީ ކާމިޔާބުކޮށްފަ އެވެ.
ހދ އަތޮޅު ޗެމްޕިއަން ހޯދުމަށްފަހު ހަނިމަދޫ ޓީމު އުފާފާޅުކުރަނީ–
މިއަހަރުވެސް ހަނިމާދޫ ޓީމު ނިކުންނަނީ އާ އަޒުމަކާއި އާ ހިތްވަރަކާއެކު އެ ކާމިޔާބު ތަކުރާރުކުރުމަށެވެ. ހަނިމާދޫ ޓީމުގެ މެނޭޖަރު އަލީ މުހައްމަދު ކޭއޯއަށް ވިދާޅުވީ މިއަހަރު ޓީމު އެކުލާވާލާފައިވަނީ ޒުވާން ކުޅުންތެރިންނަށް ހިމަނައިގެން ކަމަށެވެ. އަދި މިއަހަރުގެ ޓާގެޓަކީ ތަށި ދިފާއުކުރަން ކަމަށެވެ.
އަލީ ވިދާޅުވީ މެނޭޖްމަންޓް އެދޭ ކަންތައް ކައުންސިލުން ވަރަށް ފުރިހަމައަށްކޮށް ދެމުން އަންނަކަމަށާއި އެކަމަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.