twitterviber whatsapp telegramfacebookyoutube instagram
2nd May 2024

އެމްޑަބުލިއުއެސްސީގެ އިލްތިމާސް: ފެން ހިންދުމުގެ ބޭނުމުގައި ޖަގްޝަންތަކުގެ މަތި ނުނަގާ

Mar 5, 2017

ބޮޑުވެފައިވާ ފެންގަނޑުތައް ހިންދުމުގެ ބޭނުމުގައި ބައެއް ފަރާތްތަކުން އެމްޑަބުލިއުއެސްސީގެ ޖަގްޝަންތަކުގެ މަތި ނަގަމުންދާކަމަށާއި އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސްކުރާކަމުގައި ކައުންސިލްގެ ރައީސް ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުއްޓަށް ރޭ ކުރި ވިއްސާރައިގައި ފެން ބޮޑުވެ ގިނަ ގޭބިސީތަކަކަށްވަނީ ފެން ވަދެ، ގެއްލުންވެފަ އެވެ. ފެންގަނޑު ބޮޑުވުމުގެ ސަބަބުން ބައެއް ގޭބިސީތަކުގެ ނަރުދަމާގެ މައްސަލަވަނީ ކުރިމަތިވެފަ އެވެ.

ކޭއޯއަށް މައުލޫމާތު ދެއްވަމުން ކުޅުދުއްފުށީ ކައުންސިލްގެ ރައީސް އަލީ މުހައްމަދު ވިދާޅުވީ ބޮޑުވެފައިވާ ފެންގަނޑުތައް ހިންދުމުގެ ބޭނުމުގައި ބައެއް އާއްމު ފަރާތްތަކުން އެމްޑަބުލިއުއެސްސީގެ ޖަގްޝަންތަކުގެ މަތިގަމުންދާތީ ފެންގަނޑު ރަށުގެ ތެރެއިން ބޭރު ނުކުރެވި ނަރުދަމާގެ ނިޒާމުގައި މައްސަލަތަކެއް ޖެހި ނަރުދަމާ ނިޒާމަށް ބުރޫތަކެއް އަރާފައިވާ ކަމަށެވެ.

އެމްޑަބުލިއުއެސްސީ އާ ހަވާލާދީ އަލީ ވިދާޅުވީ ބައެއް ފަރާތްތަކުން އެމްޑަބުލިއުއެސްސީން މަގުތަކުގައި ބަހައްޓާފައި ހުންނަ މެއިން ޖަގްޝަން ސްޓޭޝަންތަކުގެ މަތިވެސް ފެންހިންދުމުގެ ބޭނުމުގައި ބައެއް ރައްޔިތުން ނަގަމުންދާ ކަމަށާއި އެގޮތަށް އެކަން ނުކުރުމުން އެފަރާތުން އެދޭކަމަށް އަލީ ވިދާޅުވި އެވެ.

އަލީ ވިދާޅުވީ މިހާރުވެސް އެމްޑަބުލިއުއެސްސީގެ ހުރިހާ ޕަންޕުތަކެއް ޖައްސާފައިވާކަމަށާއި މިއަދު އިތުރަށް ވާރޭ ނުވެހިޖެއްޔާއި މެންދުރާ ހަމައަށް ނަރުދަމާގެ މައްސަލައަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355