އުތުރުގެ ރަށްތަކަށް ރޭ ކުރި ވިއްސާރައިގެން ސަބަބުން ހދ ނޮޅިވަރަންފަރުގެ ޗައިނާ އަވަށުގައި ބޮޑުވި ފެންގަނޑުތައް ހިންދުމުގެ މަސައްކަތް ފަށައިފި އެވެ.
ވާރޭ ވެހި ފެން ބޮޑުވުމުގެ ސަބަބުން ކޮންމެ ފަހަރަކުންވެސް މި ރަށުގެ ޗައިނާ އަވަށުގެ ފެންބޮޑުވެ، ގެތަކުގެ ޖަގްޝަންތަކުން ފެން އަރައި، ގޭ ތެރޭގައި ފެންބޮޑުވެ އެވެ.
ނޮޅިވަރަންފަރުގައި ފެން ބޮޑުވެ،ފައި–
ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަހުމަދު ރިޔާޒް ވިދާޅުވީ ރޭ އެރަށަށް ކުރި ވިއްސާރައިގައި ފެންބޮޑުވެފައިވަނީ ޗައިނާ އަވަށުގަ ކަމަށެވެ. ފެން ބޮޑުވެ ބައެއް ގެތަކަށް ފެން ވަދެ ރައްޔިތުންނަށް ދަތިތަކާއި ކުރިމަތިލާން ޖެހުނުކަމަށް އޭނާ ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވީ ފުލުހުންނާއި ކައުންސިލާއި ރައްޔިތުން ގުޅިގެން މިހާރު ޕަމްޕު ޖަހައިގެން ފެން ހިންދުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާ ކަމަށެވެ. މިމަސައްކަތުގައި ރަށުގެ ޕޮލިސް ސްޓޭޝަންގެ ފަރާތުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކޮށް އެފަރާތްތައް ރިޔާޒް ޝުކުރުއަދާ ކުރެއްވި އެވެ.
ރޭ މިރަށަށް ކުރި ވިއްސާރައިގައި ޗައިނާ އަވަށުގައި އެއްކޮށް ވަނީ ފެންގަނޑު ބޮޑުވެފައި އެވެ.