twitterviber whatsapp telegramfacebookyoutube instagram
30th August 2026

މިނިވަން ޗެމްޕިއަންޝިޕް ފެށުމުގެ ރަސްމިއްޔާތު ކުޅުދުއްފުށީގައި

Mar 13, 2017

މި މަހު 15 ވަނަ ދުވަހު ފަށަން ނިންމާފައިވާ މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ހުޅުވުމުގެ ރަސްމިއްޔާތު ކުޅުދުއްފުށީގައި ބާއްވަން ފުޓްބޯޅަ އެސޯސިއޭޝަނުން ނިންމާފައިވާ ކަމަށް ކުޅުދުއްފުށީ ކައުންސިލުން ބުނެފި އެވެ.

ކުޅުދުއްފުށީ ކައުންސިލް މެމްބަރު އިބުރާހިމް އައްބާސް މިއަދު ކޭއޯއަށް ވިދާޅުވީ މުބާރާތް ފެށުމަށްވާ ޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެެވެ. އެގޮތުން ސެކިއުރިޓީގެ ކަންކަންވެސް މިހާރު ހަމަޖެހިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ރައީސް ބައްސާމް އަދީލް ޖަލީލްވެސް މިއަދު ވަނީ ކުޅުދުއްފުއްޓަށް ވަޑައިގަންފަ އެވެ.

އިބުރާހިމް ވިދާޅުވީ މުބާރާތް ހުޅުވައިދެއްވުމަށް ކުޅުދުއްފުއްޓަށް ވަޑައިގަތުމުގެ ދައުވަތު ޔޫތް މިނިސްޓަރަށް އަރުވާފައިވާ ކަމަށެވެ.

މިއަހަރު މި މުބާރާތުގައި އެންމެ ގިނަ ޓީމްތައް ބައިވެރިވެފައިވަނީ ހދ އަތޮޅުންނެވެ. މި އަތޮޅުން 9 ރަށަކުން ވަނީ ބައިވެރިވެފަ އެވެ. އެއީ އެންމެ ފަހުގެ ހދ.އަތޮޅާއި، ޒޯން 1 ޗެމްޕިއަން ހަނިމާދޫ، ކުޅުދުއްފުށި، ހިރިމަރަދޫ،  ކުމުންދޫ، ކުރިނބީ، ނޭކުރެންދޫ، ފިނޭ، ނޮޅިވަރަންގެ އިތުރުން ނޮޅިވަރަންފަރެވެ.

މިނިވަން ޗެމްޕިއަންޝިޕް ހުޅުވާ މެޗުގައި ބައްދަލުކުރާނީ ކުޅުދުއްފުއްޓާއި ކުރިނބީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355