twitterviber whatsapp telegramfacebookyoutube instagram
30th August 2026

މިނިވަން ޗެމްޕިއަންޝިޕް އަންނަ ބުރާސްފަތި ދުވަހު ފަށަނީ

Mar 19, 2017

މިހާރު ފެތުރެމުންދާ އެޗްވަންއެންވަން ރޯގާއާ ގުޅިގެން ފަސްކުރި މިނިވަން ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް އަންނަ ބުރާސްފަތި ދުވަހު ފެށުމަށް ވިސްނަމުންދާ ކަމަށް އެފްއޭއެމްއިން ހާމަކޮށްފި އެވެ.

މި މަހުގެ 15 ވަނަ ދުވަހު ކުރިން ހަމަޖެހިފައި އޮތް މި މުބާރާތް ލަސްކުރީ މިހާރު ހަލުވި ކަމާއެކު ރާއްޖޭގައި ފެތުރެމުންދާ ސްވައިން ފުލޫއާ ގުޅިގެންނެވެ. މުބާރާތް ބުރާސްފަތި ދުވަހު ފަށާނެކަން ނުވަތަ ނޫންކަން މިއަދު ނޫނީ މާދަމާ ހާމަކުރާނެ ކަމަށް އެފްއޭއެމް އިން މައުލޫމާތު ދެ އެވެ.

މި މުބާރާތް ކުޅުދުއްފުށީގައި ފެށުމަށް ހަމަޖެހިފައިވާއިރު މުބާރާތް ހުޅުވާ މެޗުގައި ބައްދަލުކުރާނީ ކުޅުދުއްފުށި އަދި ކުރިނބީ އެވެ. ވޭތުވެދިޔަ އަހަރު ހދ އަތޮޅުގެ ޗެމްޕިއަންކަން ކުޅުދުއްފުށި 9-0 އިން ބަލިކޮށް ހަނިމާދޫ ހޯދިއިރު މާލޭގައި ބޭއްވި ފައިނަލް ރައުންޑްގެ ޗެމްޕިއަންކަން ހޯދީ ތިމަރަފުށި 1-0 އިން ބަލިކޮށް ހޯދީ އޭދަފުށިންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355