ނޫމަރާ ކައުންސިލާއި މެރިޓައިމް އެކަޑަމީ އޮފް މޯލްޑިވްސްއާ ގުޅިގެން ނޫމަރާގައި ހިންގި ނިޔަމިކަމުގެ ސެޓްފިކެޓް 1 ލެވެލް ކޯސް ކުރިއަށް ގެންގޮސްފި އެވެ.
16 މާރޗް އިން 19 އަށް ކުރިއަށްގެންދިޔަ މި ކޯހުގައި ވަނީ 28 މީހުން ބައިވެރިވެފައި އެވެ.
ކޭއޯ އަށް މައުލޫމާތު ދެމުން ނޫމަރާ ކައުންސިލުގެ މެންބަރަކު ވިދާޅުވީ 3 ދުވަހަށް ބަހާލައިގެން ދުވާލަކު ދިހަ ގަޑިއިރުގެ ކުލާސްތައް ކުރިއަށް ގެންދިޔަ ކަމަށާއި މައިގަނޑު ބަޔަކަށް ކޯހުގައި ކިޔަވައިދިނީ ނެވިގޭޝަން، ސޭފްޓީ، ކޮމިޔުނިކޭޝަން އަދި ރެގިޔުލޭޝަން ކަމަށެވެ.
އަދި އެހެންމެ މިކޯހަށް އެ ރަށުގެ ރައްޔިތުންގެ ފަރާތުން ވަރަށްބޮޑު ތަރުހީބެއް ލިބެމުންދާއިރު ގިނަ މީހުން ބައިވެރިވާނަމަ މީގެ އިތުރު ކޯސް ތަކެއް ކުރިއަށް ގެންދިޔުމަށް ކައުންސިލުން މަސައްކަތް ކުރާނެ ކަމަށް ވަނީ ބުނެފައި އެވެ.
މި ކޯހުގައި ކިޔަވައިދެއްވީ މެރިޓައިމް އެކަޑަމީގެ ބޭފުޅުންނެވެ.