twitterviber whatsapp telegramfacebookyoutube instagram
23rd April 2024

މިއަހަރުވެސް ކުޅުދުއްފުށީ ސަޕޯޓަރުން ދަނޑު ގުގުމާލުމަށް ތައްޔާރުވަނީ

Mar 20, 2017

މިނިވަން ފުޓްބޯޅަ މުބާރާތުގައި ކުޅުދުއްފުށިން ނެރޭ ޓީމަށް ހިއްވަރުދީ ސަޕޯޓުކުރުމަށް ކުޅުދުއްފުށީ ސަޕޯޓަރުން ވަރަށް ފޯރިއާއެކު ކުރިއަށް އެބަދެ އެވެ.

މިދިޔަ އަހަރުވެސް ކުޅުދުއްފުށީ ސަޕޯޓަރުންގެ ފަރާތުން ވަރަށް ފޯރިއާ ޖޯޝުގައި ކުޅުންތެރިންނަށް ސަޕޯޓުކޮށްފައިވެ އެވެ. ރައްޔިތުން އެކަތިގަނޑަކަށްވެ އެންމެ ފަހު ވަގުތާ ހަމައަށްވެސް ސަޕޯޓަރުންގެ ފަރާތުން ވަނީ އާދަޔާ ހިލާފު ހިއްވަރެއް ދައްކާފަ އެވެ.

މިދިޔަ އަހަރެކޭވެސް އެއްގޮތަށް މިއަހަރުވެސް ކުޅުދުއްފުށީ ޓީމަށް ސަޕޯޓުކުރުމަށް، ސަޕޯޓަރުންގެ ތެރެއިން އިސްކޮށް އުޅޭ ބަޔަކު ދަނީ ވަރަށް ފޯރިއާ އެކު ތައްޔާރުވަމުންނެވެ.

ސަޕޯޓަރުންގެ ތެރެއިން އިސްކޮށް އުޅޭ އޮފިޝަލަކު ކޭއޯއަށް މައުލޫމާތު ދެއްމުން ބުނީ ޓީމަށް ސަޕޯޓުކުރުމަށް ސަޕޯޓަރުން ވަރަށް ފޯރީގަ ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން މިހާރު ސަޕޯޓަރުންގެ ޖަގަހައެއް ހަމަޖައްސާ، އެތަނުގައިް ބޮލުގައި އަޅައި ބޭންޑާއި ސްކާފް ފަދަ ތަކެތި ތައްޔާރުކުރަމުން އަންނަ ކަމަށެވެ. ސަޕޯޓަރުންގެ ޖަގަހައެއް ގޮތުގައި ހަމަޖައްސާފައިވަނީ ގޭޖްގޭގެ ކަންމަތީ ސްޓޭޑިއަމްއާއި ދިމާ ބައެވެ.

އޭނާ ބުނީ މިދިޔަ އަހަރު ކުޅުދުއްފުށީ ރައްޔިތުން އެދެއްކި ފޯރިއާ ޖޯޝު މިއަހަރުވެސް ފެންނާނެ ކަމަށާއި އެކަމަށް ހުރިހާ ރައްޔިތުންގެ އެއްބާރުލުން ވަރަށް ބޮޑަށް ބޭނުންވާ ކަމަށެވެ. މިއަހަރުވެސް ސަޕޯޓަރުންގެ ފަރާތުން މުޅިން ތަފާތު ހަރަކާތްތަކެއް ފެންނާނެކަމަށް އޭނާ ބުންޏެވެ.

ސަޕޯޓަރުންގެ ޖާރޒީ މިހާރު ސޭމް ސްޕޯޓުން ވިއްކަމުންދާއިރު ޖާރޒީއެއްގެ އަގު އުޅެނީ 150 ރުފިޔާ އާއި 220 ރުފިޔާ ދެމެދުގެ އަގުތަކެއްގަ އެވެ.

މިދިޔަ އަހަރުވެސް ކުޅުދުއްފުށީ ސަޕޯޓަރުން ދެއްކި ނަމުނާ އާއި ހިއްވަރަށް މުޅި ރާއްޖެވަނީ ތައުރީފުކޮށްފަ އެވެ.

މިއަހަރު މިނިވަން ޗެމްޕިއަންޝިޕް މިހާރު ފެށުމަށް ތައްޔާރުވަމުންދަނީ އަންނަ ބުރާސްފަތި ދުވަހު އެވެ. މުބާރާތް ހުޅުވާ މިމެޗުގައި ބައްދަލުކުރަނީ ކުޅުދުއްފުއްޓާއި ކުރިނބީ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355