މިނިސްޓްރީ އޮފް ހައުންސިންގ އެންޑް އިންފްރާސްޓްރަކްޓާ ޑރ މުހައްމަދު މުއިއްޒު ހދ އަތޮޅަށް ވަޑައިގެންފި އެވެ.
މިނިސްޓަރު ހދ އަތޮޅަށް ވަޑައިގެންފައިވަނީ މިއަދު ހަނިމާދޫގެ މަގުންނެވެ. މިނިސްޓަރުގެ މިދަތުފުުޅުގެ މާގިނަ ތަފްސީލެއް އަދި ލިބޭ ގޮތް ނުވެފައި އެވެ. އެނގިފައިވާ ގޮތުގައި މިއަދުވަނީ މިހާރު ނޮޅިވަރަމަށް ވަޑައިގެން އެރަށުގެ ވެރިންނާއި ބައްދަލުކުރައްވާފަ އެވެ.
އަދި މިއަދު މެންދުރުފަހު ކުޅުދުއްފުއްޓަށް ވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައި އެވެ. މިދަތުރުފުޅުގައި ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ޕީޕީއެމްގެ ކެނޑިޑޭޓުން ތައާރަފުކުމާއި ޖަގަހައެއް ހުޅުވުން އޮންނާނެ ކަމަށް މައުލޫމާތު ލިބި އެވެ.
ލޯކަލް ކައުންސިލް އިންތިހާބު ބޯމަތިވެފައިވާ ވަނިކޮށް ރައީސް ޔާމީންގެ ހާއްސަ މަންދޫބެއްގެ ހައިސިއްޔަތުން މިނިސްޓަރު ޑރ މުހައްމަދު މުއިޒު ހދ އަތޮޅުގެ 9 ރަށަކަށް ޖަނުއަރީމަހުގެ ވަޑައިގެންފަ އެވެ.