twitterviber whatsapp telegramfacebookyoutube instagram
18th April 2024

ކުޅުދުއްފުއްޓަކީ ރައީސްގެ އެޖެންޑާގައި ވަރަށް މުހިއްމު ރަށެއް: މުއިއްޒު

Mar 20, 2017

ކުޅުދުއްފުއްޓަކީ ރައީސުލް ޖުމުހޫރިއްޔާ އަބުދުﷲ ޔާމީންގެ ތަރައްގީގެ އެޖެންޑާގައި ވަރަށް މުހިއްމު ބައެއް ހިއްސާކުރާ ރަށެއްކަމަށް ހައުންސިންގ މިނިސްޓަރު އަދި ހދ އަތޮޅަށް ކަނޑައަޅުއްވާފައި ހުންނަ މަންދޫބު ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކުޅުދުއްފުށީގައި ޕީޕީއެމްގެ ޖަގަހައެއް ހުޅުވައިދެއްވުމަށް މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ ކުޅުދުއްފުށީގެ ތަރައްގީއަކީ ރައީސް ޔާމީންގެ އެޖެންޑާގައި ވަރަށް މުހިއްމު ބައެއް ހިއްސާ ކުރާ ރަށެއް ކަމަށެވެ.

“ކުޅުދުއްފުށީގެ ތަރައްގީއަކީ އެމަނިކުފާނުގެ އެޖެންޑާގައި ވަރަށްވެސް މުހިއްމު ބައެއް ހިއްސާކުރާ ރަށެއް” މިނިސްޓަރ މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ދުވަސްތަކަކަށް ފަހުން ނަމަވެސް ރައީސް މިރަށުގެ ތަރައްގީއަށް ވެފައިވާ އެއާޕޯޓު އެޅުމަށްޓަކާ މިރަށް ހިމެނޭ ގޮތަށް 5 އެއާޕޯޓް އެޅުމަށްޓަކައި ބަޔަކާ ހަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށެވެ.

“އަޅުގަނޑު މިތަނަށް އައުމުގެ ކުރިން ޓޫރިޒަމް މިނިސްޓަރާއި ބައްދަލުކޮށް މިރަށުގެ އެއާޕޯޓާއި ބެހޭ ގޮތުން ވާހަކަ ދެއްކެވިން އަދި އެކަން ކުރިއަށް ރޭވިފައި އޮތް ގޮތުގެ މައުލޫމާތުވެސް ހޯދެއްވިން. އެމަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެކަމަށްވާ ޖެހޭ ބައެއް ތައްޔާރީތައް ދަނީ ކުރިއަށް” ކުޅުދުއްފުށީގައި ހުންނަވައިގެން މިނިސްޓަރު ވިދާޅުވި އެވެ.

އެއާޕޯޓުގެ މަޝްރޫއު މިދިޔަ 3 އަހަރު އެކި ސަބަބުތަކާ ހެދި އަމަލީ މަސައްކަތް ނުފެށި ދިޔަނަމަވެސް އެކަން ރައީސުލްޖުމްހޫރިއްޔާ ވަރަށް އިސްކަން ދެއްވައިގެން ވަރަށް ބާރު އަޅުވައިގެން ކުރިއަށްގެންދަވާ މަޝްރޫއުކަން ފާހަގަކުރައްވާ އެކަމުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެއާޕޯޓް މަޝްރޫއުގެ އަމަލީ މަސައްކަތް ވަރަށް އަވަހަށް ފެށި އަދި ކުރިން ފެށި ގިނަ ދުވަސްވެފައި ހުރި މަސަކަތްތައް ވެސް ވަރަށް އަވަހަށް ހަމަޖެހި އަލުން މަސައްކަތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ކައުންސިލަރުން ހޮވިގެން ދިއުމަކީ ކުޅުދުއްފުށީގެ ތަރައްގީ އަލުވިވެ، ސަރުކާރާއެކީ މަސައްކަތް ކުރަން ފަސޭހަވެގެންދާނެ ކަމެއް ކަމަށެވެ. އެހެންކަމުން ކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ކެންޑިޑޭޓުން ހޮވާދިނުމަށް މުއިއްޒު އެދިލެއްވި އެވެ.

އެކަމުގެ ސަބަބުން ސަރުކާރާ ދެމެދު ފަސޭހަ ކަމާއެކު މަޝްވަރާ ކުރެވި ރައްޔިތުން ބޭނުންވާ ކަންކަން ކުރުމަށް ރަނުގެ ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355