twitterviber whatsapp telegramfacebookyoutube instagram
29th March 2024

ފަހަތުން އަރާ ކުރިނބީ 4-2 އިން ބަލިކޮށް ކުޅުދުއްފުށީ ޓީމުގެ ފެށުން ރަނގަޅުކޮށްފި

Mar 23, 2017

އެވެ.

މިއަދު ހަވީރު ޒޯން ސްޓޭޑިއަމް 1 ގައި ކުޅުނު މެޗުގައި ކުޅުދުއްފުށި ޓީމަށް މެޗުގެ ކުރީކޮޅު ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ވަނީ ބޭކާރުވެފަ އެވެ. މިގޮތުން އަސްޖައު އަދި އަންވަރު އާދަމް އަށް ލިބުނު ދެ ފުރުސަތު ފާހަގަކޮށްލެވެ އެވެ. އަދި މެޗުގެ ކުރީކޮޅު ކުރިނބީ ޓީމުންވެސް ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދާފަ އެވެ. އެ ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ.

ކުރިނބީ ޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއް ޖަހައި ލީޑު ނަގާފަ އެވެ. މިއީ ކުޅުދުއްފުށި ޓީމުގެ ތިން ކުޅުންތެރިން ކައިރިން ނެއްޓުމަށްފަހު ކުރިނބީ ކުޅުންތެރިޔަކު ކާމިޔާބުކުރި ލަނޑެކެވެ.

ފަހު ފަށައިގެން މާގިނައިރުތަކެއް ނުވެ ކުރިނބީ ޓިމުން ވަނީ ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފަ އެވެ. މި ލަނޑުވެސް ޖަހާފައިވަނީ ނެގި ހުރަހަކުން އުފެއްދި ހަމަލާއަކުންނެވެ.

ކުރިނބީ ޓީމުން 2-0 ގެ ލީޑު ނެގުމަށްފަހު ޓީމު އެކަށް ފަހަތަށް ފައިބައިވަނީ ޑިފެންސް ކުރަން ފަށާފަ އެވެ. ކުޅުދުއްފުށި ޓީމަށް ފުރަތަމަ ލަނޑު ކާމިޔާބުކުރެވުނީ ކީޕަރަށް ހެދުނު މިސްޓޭކެއްގެ ފައިދާ ނަގައި އަންވަރު އާދަމް ކީޕަރު ބޯ މަތިން ވައްޓާލައި ކާމިޔާބުކުރި ލަނޑުންނެވެ. މިއީ ކީޕަރު އެއްލަން އުޅުމުގެ ތެރޭގައި ކީޕަރު އަތުން ދޫވެގެން ވެއްޓުނު ބޯޅައެއް އަންވަރު ހޯދާ ކާމިޔާބުކުރި ލަނޑެކެވެ.

މި ލަނޑު ޖެހިތާ ދެ މިނެޓް ފަހުން ކުޅުދުއްފުށީ ޓީމުގެ އަލީ ޝިޔާމް (ނަލަވާ) ޕެނަލްޓީ އޭރިޔާ ތެރެއިން ކުރި ފައުލަކާ ގުޅިގެން ކުރިނބީ ޓީމަށް ވަނީ ޕެނަލްޓީއެއް ލިބިފަ އެވެ. ނަމަވެސް މެޗުގެ 74 ވަނަ މިނެޓްގައި ފޮނުވާލި މި ޕެނަލްޓީ ދިޔައީ ދަނޑި މަތިން ބޭރަށެވެ.

މިއާއެކު ކުޅުދުއްފުށި ޓީމުން ވަނީ ކުޅުން ރަނގަޅުކޮށް ކުރިނބީ ޓީމުގެ ގޯލަށް ނުރައްކާ ކޮށްފަ އެވެ. އެގޮތުން މެޗުގެ 78 ވަނަ މިނެޓްގައި ޝާމިލް (މިލޭ) ނަގައިދިން ހުރަހަކުން އަންވަރު އާދަމް ވަނީ އަނެއްކާވެސް ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.

މެޗުގެ 80 ވަނަ މިނެޓްގައި އުފެއްދި ކައުންޓާ އެޓޭކެއްގައި އުފެއްދި ހަމަލާއެއް ހުއްޓުވުމުގެ ތެރޭފައި މެޗުގައި މޮޅު ކުޅުމެއް ދައްކާފައިވާ އަންވަރު އާދަމް އަށް ކުރި ފައުލަކާ ގުޅިގެން ކުޅުދުއްފުށީ ޓީމަށް ވަނީ ޕެނަލްޓީ އެއް ލިބިފަ އެވެ. މި ފައުލާ ގުޅިގެން ކުރިނބީ ޓީމުގެ ޑިފެންޑަރަށް ވަނީ ރަތް ކާޑެއް ދައްކާފަ އެވެ. މި ޕެނަލްޓީ ކުޅުދުއްފުށީ ޓީމަށް ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން އިބްރާހިމް ހަސަން (ކުޑަ އިއްބެ) އެވެ.

ކުޅުދުއްފުށީ ޓީމުގެ ފަހު ލަނޑު ކާމިޔާބުކުރީ މެޗުގެ 89 ވަނަ މިނެޓްގައި ހަސަން ޝާމިލް (މިލޭ) އެވެ.

މި މުބާރާތުގައި ކޮންމެ ގުރޫޕެއްގައި ތިން ޓީމު އޮންނައިރު ސެމީއަށް ދާނީ ކޮންމެ ގުރޫޕެއްގެ އެއްވަނައިގެ އިތުރުން ތިން ގުރޫޕުގެ ތެރެއިން އެންމެ ރަނގަޅު ދެވަނަ އެއް ހޯދާ ޓީމަކަށެވެ.

މާދަމާ މި މުބާރާތުގައި ކުޅޭނީ ގުރޫޕް ބީގެ ދެ ޓީމު ކަމުގައިވާ ނޮޅިވަރަމް އަދި ފިނޭ އެވެ. މެޗު ފެށޭނީ 1555 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355