twitterviber whatsapp telegramfacebookyoutube instagram
30th August 2026

4 ގޯލްގެ ލީޑަކުން ކުރިނބީ ބަލިކުރާނަން: ކުމުންދޫ ޓީމް

Mar 26, 2017

މިނިވަން ޗެމްޕިއަންޝިޕްގައި މިއަދު ކުމުންދޫ އާއި ކުރިނބީ ބައްދަލުކުރާ މެޗުގައި 4 ގޯލުގެ ތަފާތަކުން ކުރިނބީ ބަލިކުރާނަން ކަމަށް ކުމުންދޫ ޓީމްގެ ކޯޗު އަލީ ހަސަން (ސްމާޓޭ) ބުނެފި އެވެ.

ކޭއޯ އަށް މައުލޫމާތު ދެމުން ސްމާޓޭ ބުނީ ކުމުންދޫއިން ނުކުންނަނީ ވަރުގަދަ ޓީމެއް ކަމަށާއި ގޭމް ޕްލޭނާއި އެއްގޮތާށް ކުޅެވިއްޖެނަމަ ކުރިނބީ ބަލިކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށެވެ.

އެގޮތުން ކުމުންދޫގެ ޓީމްގައި ހިމެނޭނީ މުޅިންވެސް ކުމުންދޫގެ ކުޅުންތެރިން ކަމަށާއި ޓީމަކީ ޒުވާން ކުޅުންތެރިން ހިމެނޭ ޓީމެއް ކަމަށެވެ. ޓީމު އިތުރަށް ވަރުގަދަ ކުރުމަށް 3 ވަނަ ޑިވިޒަންގެ 4 ކުޅުންތެރިންވެސް ޓީމުގައި ހިމެނޭނެ ކަމަށް ކޯޗު ބުންޏެވެ.

މީގެ އިތުރުން ޓީމުގައި އަނިޔާގެ މާބޮޑު މައްސަލައެއް ނޫޅޭ ކަމަށް ވެސް ކޯޗު ވަނީ ވިދާޅުވެފަ އެވެ.

 

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355