twitterviber whatsapp telegramfacebookyoutube instagram
10th September 2026

ޗެމްޕިއަން ހަނިމާދޫއިން ފަސޭހަކަމާއެކު ނޭކުރަންދޫ ބަލިކޮށްފި

Mar 25, 2017

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގެ ހދ ރައުންޑުގައި ޗެމްޕިއަން ހަނިމާދޫއިން ފަސޭހަކަމާއެކު 3-0 އިން ނޭކުރަންދޫ ބަލިކޮށްފި އެވެ.

މިއަދު ހަވީރު ކުޅުނު މެޗުގައި ހަނިމާދޫއިން ލީޑު ނެގީ މެޗުގެ ދެވަނަ މިނެޓްގައި ލިބުނު ކޯނަރަކުން ބޮލުން ޖަހައި ކާމިޔާބުކުރި ލަނޑުންނެވެ.

މުޅި މެޗުވެސް ހަނިމާދޫއިން ކޮންޓްރޯލްކޮށް ބޮޑަށް ވައަތް ފަރާތް ބޭނުންކޮށްގެން ކުޅެފައިވާއިރު ހަނިމާދޫގެ ޖާޒީ ނަންބަރު 4 ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ. އެގޮތުން ފުރަތަމަ ހާފުގެ 43 ވަނަ މިނެޓްގައި އޭނާ ވަނީ ކޯނަރަކުން ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

ނޭކުރެންދޫ ޓީމުންވެސް ވަނީ ކައުންޓާ އެޓޭކްގައި ރަނގަޅު ހަމަލާތަކެއް އުފައްދާފަ އެވެ.

ފަހު ހާފުވެސް ހަނިމާދޫ ޓީމުން ޑޮމިނޭޓްކުރި ނަމަވެސް ނޭކުރަންދޫ ޓީމުން ވަނީ ނުރައްކާތެރި ދެ ހަމަލާއެއް އުފައްދާފަ އެވެ. އެގޮތުން 34 ވަނަ މިނެޓްގައި ނޭކުރެންދޫގެ ޖާޒީ ނަންބަރު 9 އަކަށް ލިބުނު ހުސް ފުރުސަތު ފާހަގަކޮށްލެވެ އެވެ.

ނަޒީހުގެ ކޯޗު ކަމުގެ ދަށުން ނުކުމެފައިވާ ހަނިމާދޫ ޓީމުގެ ފަހު ލަނޑު ކާމިޔާބުކުރީ ފަހު ހާފުގެ އިތުރު ވަގުތުގެ ތެރޭގައި ޕެނަލްޓީ އޭރިޔާ ތެރެއަށް ހުރަސްކޮށްލި ބޯޅައަކުން ހަނިމާދޫ ކުޅުންތެރިއެއް ބޮލުން ޖަހަ އެވެ.

މާދަމާވެސް މި މުބާރާތުގެ މެޗެއް ކުޅުމަށް ހަމަޖެހިފައިވާއިރު މާދަމާ ކުޅޭ މެޗުގައި ބައްދަލުކުރާނީ ކުމުންދޫ އަދި ކުރިނބީ އެވެ. މިއީ ކުޅުދުއްފުށި ހިމެނޭ ގުރޫޕްގެ މެޗެކެވެ. މެޗު ފެށޭނީ 1555 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 9639293