twitterviber whatsapp telegramfacebookyoutube instagram
30th August 2026

ރަނގަޅު ކުޅުމެއް ފެނިގެންދާނެ، މޮޅުވާނެކަމުގެ އުންމީދު ވަރަށް ބޮޑު : ނޮޅިވަރަމްފަރު ޓީމް

Mar 27, 2017

މިނިވަން ޗެމްޕިއަންޝިޕްގައި މިއަދު ނޮޅިވަރަމްފަރު ކުޅޭ ފުރަތަމަ މެޗުގައި ފިނޭ އާއި ބައްދަލުކުރާއިރު ރަނގަޅު ކުޅުމަކާއެކު މޮޅުވާނެކަމަށް އުންމީދު ނޮޅިވަރަމްފަރު ޓީމްގެ މެނޭޖަރ އަބްދުﷲ ވަހީދު ބުނެފި އެވެ.

ކޭއޯ އަށް މައުލޫމާތު ދެމުން އަބްދުﷲ ބުނީ މިއަދުގެ މެޗުގައި 3 ޕޮއިންޓް ހޯދުމަށް މަސައްކަތް ކުރާނެ ކަމަށާއި ޓީމްގެ ކުޅުންތެރިންގެ ހުނަރަށް ބަލާފައި މި މެޗުން މޮޅުވާނެކަމުގެ ވަރަށް ބޮޑު އުންމީދެއް އެބައޮތް ކަމަށެވެ.

“އެ ޓީމުގެ (ފިނޭ) ކުޅުންތައް ފެނިފައި ހުރީ، އެ ކުޅުމަށްބަލާފައި ވަރަށް ބޮޑަށް ގަބޫލު ކުރެވޭ 3 ޕޮއިންޓާއެކު މޮޅުވާނެ ކަމަށް” ޓީމްގެ މެނޭޖަރ ބުންޏެވެ.

ހަމައެކަނި ނޮޅިވަރަމްފަރުގެ ކުޅުންތެރިން ފެނިގެންދާ މި ޓީމްގައި 30 އަހަރުން މަތީގެ ކުޅުންތެރިއެއް ނުހުންނާނެ ކަމަށާއި މިއަދުގެ މެޗަށް ވަރަށް ތައްޔާރު ކަމަށް ވަނީ ބުނެފައި އެވެ.

އަދި ކުޅުންތެރިންނަށް މާބޮޑު އަނިޔާއެއް ވެފައި ނުވާ ކަމަށެވެ.

އޭގެ އިތުރުން މިއަދުގެ މެޗުގައި ސަޕޯޓަރުން ހިތްހަމަ ޖެހޭ ކަހަލަ ކުޅުމެއް ފެނިގެންދާނެކަމަށާއި ސަޕޯޓަރުންގެ ފަރާތުން ސުލްހަވެރި ސަޕޯޓެއް ފެނިގެންދިއުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށް ވެސް މެނޭޖަރ ވަނީ ބުނެފައި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355