twitterviber whatsapp telegramfacebookyoutube instagram
15th July 2026

ކުޅުދުއްފުއްޓާ ދެކޮޅަށް ނިކުންނަ މެޗުން މޮޅުވާނެކަމުގެ ޔަގީންކަން އެބައޮތް: ކުމުންދޫ ކޯޗު

Mar 28, 2017

މިނިވަން ޗެމްޕިއަންޝިޕްގައި މާދަމާ ކުޅުދުއްފުއްޓާ ދެކޮޅަށް ކުޅޭ މެޗުގައި މޮޅުވާނެކަމުގެ ޔަގީންކަން އޮތްކަމަށް ކުމުންދޫ ޓީމްގެ ކޯޗު އަލީ ހަސަން (ސްމާޓޭ) ބުނެފި އެވެ.

މާދަމާގެ މެޗާ ބެހޭ ގޮތުން ވާހަކަ ދައްކަމުން ސްމާޓޭ ބުނީ މާދަމާ މެޗަށް ޓީމު ނިކުންނަނީ މުޅިން އާ ފޯމޭޝަނެއްގައި ކަމަށާއި މެޗަށް ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ. ކުރިނބީ މެޗުގައި ގޯސްކޮށް ކުރެވުނު ކަންތައް ފާހަގަކޮށް، އެ މިސްޓޭކްތައް މާދަމާގެ މެޗުގައި ތަކުރާރުނުވާނެ ގޮތަކަށް ޓީމު ރާވާލާފައިވާ ކަމަށް ސްމާޓޭ ބުންޏެވެ.

ސްމާޓޭ ބުނީ ކުޅުދުއްފުށީގެ އާބާދީ ބޮޑުކަމުގައި ވިޔަސް ރަށުގައި ކުޅެވޭ ކުޅުންތެރިޔަކު ނެތްކަމަށެވެ. މިހާރުވެސް ކުޅުދުއްފުށީގެ ޓީމު ނަގާފައިވަނީ މުޅި އަތޮޅުން ކުޅުންތެރިންގެ ގެނެސް ގެން ކަމަށާއި އުންމީދަކީ މާދަމާގެ މެޗުން 3 ޕޮއިންޓާއެކު ކާމިޔާބުކުރުން ކަމަށެވެ.

” ކުޅުންތެރިންވެސް ސަޕޯޓަރުންވެސް ގަބޫލުކުރޭ ކުޅުދުއްފުށީ ބަލިކުރެވޭނެކަން. ވަރަށް ފަސޭހައިން މާދަމާގެ މެޗުން ލަނޑުތައް ޖަހާލެވޭނެ ” ކުމުންދޫ ޓީމުގެ ކޯޗު

ކުމުންދޫގެ ސަޕޯޓަރުންނަށް ސްމާޓޭ ބުނީ ސަޕޯޓަރުން މާދަމާގެ މެޗަށް ވަރަށް ފޯރިއާއެކު ތައްޔާރުވަމުންދާ ކަމަށާއި ޓީމަށް ސަޕޯޓްކުރުމަށް ވީހާވެސް ގިނަ ބަޔަކު ކަޅުކުލައިގެ އެއްޗެއް ލައިގެން ދަނޑަށް ދިއުމަށް އެދޭކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355