twitterviber whatsapp telegramfacebookyoutube instagram
24th April 2024

ހަނިމާދޫ އާއި ހިރިމަރަދޫގެ ކުރިމަތިލުން އެއްވަރުވެ ގުރޫޕްގެ އެއްވަނައަށް ހަނިމާދޫ

Apr 1, 2017

އެސްޓީއޯ މިނިވަން ޗެމްޕިއަންޝިޕްގައި އިއްޔެ ހަވީރު ކުޅުނު މެޗުގައި ހަނިމާދޫ އަދި ހިރިމަރަދޫ ކުޅުނު މެޗު 0-0 އިން އެއްވަރުވެއްޖެ އެވެ.

މެޗު އެއްވަރުވެއްޖެނަމަ ދެ ޓީމަށްވެސް ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުވާން އޮތް މި މެޗުގައި މާ ގިނަ ނުރައްކާތެރި ހަމަލާތަކެއް އުފެއްދިފައި ނުވާއިރު މި މެޗުގައި މޮޅަށް ކުޅެފައިވަނީ ހިރިމަރަދޫއިންނެވެ.

ނަމަވެސް ހަނިމާދޫގެ ޑިފެންސް ލައިންގެ ކުޅުން މި މެޗުގައިވެސް ފާހަގަވެގެން ގޮސްފައިވެ އެވެ. އަދި މިހާތަނަށް ހަނިމާދޫ ކޮޅަށް ލަނޑެއް ޖެހިފަ އެއް ނުވެ އެވެ.

މި ނަތީޖާއާ އެކު ގުރޫޕް ސީ ގެ އެއްވަނަ 4 ޕޮއިންޓާ ފައިދާ 3 ގޯލާއެކު ލިބެނީ ހަނިމާދޫ އަށެވެ. ދެވަނަ އަށް ދިޔަ ހިރިމަރަދޫއަށްވެސް 4 ޕޮއިންޓް ލިބިފައިވާއިރު ފައިދާ 2 ގޯލު ވަނީ ލިބިފަ އެވެ. އަދި ތިން ގުރޫޕްގެ ތެރެއިން އެންމެ މޮޅު ދެވަނަ ވެސް ލިބެނީ ހިރިމަރަދޫ އަށެވެ. މި ގުރޫޕްގެ ފުލަށްދިޔަ ނޭކުރެންދޫއަށް އެއްވެސް ޕޮއިންޓެއް ލިބިފައެއް ނުވެ އެވެ.

މި މަހުގެ ދެވަނަ ދުވަހު ކުޅޭ ފުރަތަމަ ސެމީ ފައިނަލު މެޗުގައި ބައްދަލު ކުރާނީ ގުރޫޕް އޭ އިން އެއްވަނަ އަށް ދިޔަ ކުޅުދުއްފުށި އަދި އެންމެ މޮޅު ދެވަނަ ހޯދި ހިރިމަރަދޫ އެވެ. ދެވަނަ ސެމީ ފައިނަލު މެޗުގައި މި މަހުގެ ތިން ވަނަ ދުވަހު ކުޅޭ މެޗުގައި ބައްދަލު ކުރާނީ 2016 ވަނަ އަހަރުގެ އަތޮޅު އަދި ޒޯމް ޗެމްޕިއަން ހަނިމާދޫ އަދި 2015 ވަނަ އަހަރުގެ އަތޮޅު އަދި ޒޯން ޗެމްޕިއަން ނޮޅިވަރަމް އެވެ. ދެ މެޗުވެސް ފެށުމަށް ހަމަޖެހިފައިވަނީ 1545 ގަ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355