twitterviber whatsapp telegramfacebookyoutube instagram
30th August 2026

ކުޅުދުއްފުއްޓާއި މާރަންދޫ ބައްދަލުކުރާ މެޗު ހޮނިހިރު ދުވަހު ހޯރަފުށީގަ

Apr 6, 2017

މިނިވަން ޗެމްޕިއަންޝިޕްގެ ހދ އަތޮޅު ޗެމްޕިއަންކަން ހޯދި ކުޅުދުއްފުއްޓާއި ހއ އަތޮޅު ޗެމްޕިއަން މާރަންދޫ ބައްދަކުރާ ޒޯން އެކެއް ފައިނަލުގެ ފުރަތަމަ ލެގު މެޗު އޮންނަނީ އަންނަ ހޮނިހިރު ދުވަހު އެވެ.

މިމެޗު ކުޅޭނީ މާރަންދޫގެ ހޯމް ސްޓޭޑިއަމުގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ހޯރަފުށީ ދަނޑުގަ އެވެ.

ޒޯނު އެކެއްގެ ދެ ވަނަ ލެގު އޮންނާނީ އަންގާރަ ދުވަހު ހަވީރު ކުޅުދުއްފުށީ ސްޓޭޑިއަމުގަ އެވެ.

ޒޯނުގެ ޗެމްޕިއަން ޓީމަށް މާލޭގައި މިނިވަން ޗެމްޕިއަންޝިޕުގެ ފައިނަލް ބުރުން ފުރުސަތު ލިބޭނެ އެވެ. ހުރިހާ ޒޯނެއްގެ ޗެމްޕިއަނުންގެ މެދުގައި ކުޅޭ މި ބުރުގެ ގަދަ ހަތަރު ޓީމަށް މި އަހަރުގެ ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355