twitterviber whatsapp telegramfacebookyoutube instagram
29th March 2024

ކުޅުދުއްފުއްޓާއި މާރަންދޫ ކުޅޭ މެޗު ބަލާލަން ހިލޭ ދިއުމުގެ އިންތިޒާމް ހަމަޖެހިއްޖެ

Apr 6, 2017

ޒޯން ފުޓްބޯޅަ މުބާރާތުގެ ފުރަތަމަ ލެގުގައި ކުޅުދުއްފުއްޓާއި މާރަންދޫ ބައްދަލު ކުރާ މެޗު ހިލޭ ބަލާލަން ދިއުމުގެ އިންތިޒާމް ހަމަޖެހިއްޖެ އެވެ. މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ 8 އެޕްރިލް ވާ ހޮނިހިރު ދުވަހު ހއ ހޯރަފުށީގަ އެވެ.

މި މެޗު ބަލާލަން ދިއުމުގެ އިންތިޒާމް ހަމަޖެހުނީ ކުޅުދުއްފުށީ ކައުންސިލާއި، ބާދުޝާހު ބޯޓާއި، ޖަންބޯ ބޯޓުގެ ހެޔޮ އެދުންތަކާއެކު އެވެ. އެގޮތުން ކުޅުދުއްފުށީ ކައުންސިލުން ތެޔޮ ފޯރުކޮށްދިނުމުން އެއްވެސް އިތުރު އަގަކާ ނުލައި މި ދަތުރު ކޮށްދިނުމަށް މި ދެ ބޯޓުން ވަނީ ހަމަޖައްސައިދީފަ އެވެ.

މި ދެ ބޯޓުން ޖުމްލަ 400 މީހުނަށް ދިއުމުގެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށާއި އިތުރު ބޯޓެއް ހަމަޖެއްސުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް ސަޕޯޓާސް ގުރޫޕުން މައުލޫމާތު ދިނެވެ.

މި ބޯޓު ތަކުން ދަތުރުކުރުމަށްޓަކައި ޓިކެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ މިރޭ 2030 އިން ފެށިގެން ކުޅުދުއްފުށީ އޮންލައިން އިންނެވެ. އެއް ބޭފުޅަކަށް އެންމެ ގިނަވެގެން 5 ޓިކެޓް ދޫކުރުމަށް ހަމަޖެހިފައިވާއިރު އެ ދަތުރު ކުރާ ބޭފުޅުންގެ ނަމާއި އެޑްރެސް ޓިކެޓް ނަގާއިރު ފޯރުކޮށްދޭން ޖެހޭނެ އެވެ.

ކުޅުދުއްފުށިން ހޮނިހިރު ދުވަހުގެ މެންދުރު 1200 ގައި ފުރުމަށް ހަމަޖެހިފައިވާއިރު، ހޯރަފުށިން ފުރުމަށް ހަމަޖައްސާފައިވާ ގަޑިއަކީ 1815 ގަ އެވެ.

ކުޅުދުއްފުށީ އޮންލައިން ހުޅުވިފައި ހުންނާނީ މިރޭ 2030 އިން 2230 އަށެވެ. އަދި ހުކުރު ދުވަހުގެ 1430 އިން 1730 އަށް އަދި ރޭގަނޑު 2030 އިން 2230 އަށް ހުޅުވިފައި ހުންނާނެ އެވެ. ހޮނިހިރު ދުވަހު ހެނދުނު 0900 އިން ފުރުމާ ހަމައަށްވެސް ޓިކެޓް ލިބެން ހުންނާނެ އެވެ. އިތުރު މައުލޫމާތު 6528355 އާ ގުޅާލުމުން ލިބިލައްވާނެ އެވެ.

ސަޕޯޓާސް ގުރޫޕްގެ ފަރާތުން ކުޅުދުއްފުށީ ކައުންސިލަށާއި، ބާދުޝާހު ބޯޓަށާއި، ޖަންބޯ ބޯޓަށާއި، ކުޅުދުއްފުށީ އޮންލައިނަށް ވަރަށް ހާއްސަ ޝުކުރެއް މިކަމުގައި އަދާކުރި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355