twitterviber whatsapp telegramfacebookyoutube instagram
15th July 2026

ޒޯން 1 ގެ ޗެމްޕިއަންކަން ކުޅުދުއްފުށި ހޯދައިފި

Apr 11, 2017

މިނިވަން ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ޗެމްޕިއަން މާރަންދޫ ޓީމު އަތުން މޮޅުވެ ޒޯން 1 ގެ ޗެމްޕިއަންކަން ކުޅުދުއްފުށީ ހޯދައިފި އެވެ.

މިއަދު ކުޅުދުއްފުށީ ސްޓޭޑިއަމްގައި ކުޅުނު މިމެޗުން ކުޅުދުއްފުށީ މޮޅުވީ 2-1 ނަތީޖާއަކުންނެވެ.

ހދ. އަތޮޅު ޗެމްޕިއަން ކުޅުދުއްފުށި ޒޯން އެކެއްގެ ތަށި ހޯދީ ހއ. އަތޮޅު ޗެމްޕިއަން މާރަންދޫއާ ވާދަކޮށް ދެ ލެގުގެ އެގްރިގޭޓުން 4-0 އިން ކުރި ހޯދައިގެންނެވެ. އިއްޔެ ހަވީރު ކުޅުދުއްފުށީގައި ކުޅުނު ދެ ވަނަ ލެގު އަދި މިދިޔަ ހަފުތާގައި ހއ. ހޯރަފުށީގައި ކުޅުނު ފުރަތަމަ ލެގު ވެސް ކުޅުދުއްފުށި ކާމިޔާބުކުރީ 2-0 އިންނެވެ

މިއަދު މެޗުގެ ފުރަތަމަ ގޯލު މެޗުގެ 34 ވަނަ މިނެޓުގައި ކުޅުދުއްފުށީ ޓީމަށް ކާމިޔާބުކޮށްދިނީ އަންވަރު އާދަމް އެވެ. ކުޅުދުއްފުށީގެ ދެވަނަ ގޯލު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ 44 ވަނަ މިނެޓުގައި ހުސައިން އަބްދުލް ރަޝީދު (ބިގޭ) އެވެ. ފުރަތަމަ ހާފު ނިމުނީ 0-2 އިން ކުޅުދުއްފުށި ލީޑުގައި އޮވެއެވެ.

ފައިނަލް ބުރުގައި ވާދަކުރާނީ އަށް ޒޯނުގެ އަށް ޗެމްޕިއަނުންނެވެ. އެ ބުރުގެ ގަދަ ހަތަރު ޓީމަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ. ފައިނަލް ބުރު ކުޅޭނެ ރަށެއް އަދި އެފްއޭއެމުން ކަނޑަނާޅަ އެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355