twitterviber whatsapp telegramfacebookyoutube instagram
16th April 2024

މިނިވަން ޗެމްޕިއަންޝިޕް 2017 ގެ ފައިނަލް ރައުންޑް ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފި

May 27, 2017

މިނިވަން ޗެމްޕިއަންޝިޕް 2017 ގެ ފައިނަލް ރައުންޑް ހޯސްޓް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް ގެ ފަރާތުން މި މަހުގެ 25 ވަނަ ދުވަހު، މި މުބާރާތުގެ ފައިނަލް ރައުންޑަށް ހޮވުނު ޓީމުތައް ހިމެނޭ ކައުންސިލް ތަކަށް ފޮނުވި ސާކިއުލާއެއްގައި ވަނީ މި މުބާރާތް ހޮސްޓް ކުރުމަށް ޕުރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލާފަ އެވެ. ޕުރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު ހަމަވާނީ އަންނަ ޖޫން މަހުގެ 5 ވަނަ ދުވަހަށެވެ.

ފައިނަލް ރައުންޑް ހޮސްޓް ކުރުމުގެ ފުރުސަތު ލިބޭނީ މުބާރާތުގެ ފައިނަލް ރައުންޑަށް ހޮވުނު ޓީމުތަކުގެ ކައުންސިލުން ފޮނުވާ ޕުރޮޕޯސަލްތައް އެފްއޭއެމްގެ ކޮމިޓީއަކުން އިވެލުއޭޓް ކުރުމަށް ފަހު އެންމެ ރަނގަޅު ޕުރޮޕޯސަލެއް ހުށަހަޅާ ދެ ރަށަށެވެ. ވޭތުވެދިޔަ އަހަރުގެ މުބާރާތް ހޮސްޓް ކޮށްފައިވަނީ ދ ކުޑަހުވަދޫއިންނާއި ތ ތިމަރަފުށިންނެވެ.

ޖޫން މަހުގެ 30 ވަނަ ދުވަހު ފެށުމަށް ހަމެޖެހިފައިވާ ފައިނަލް ރައުންޑަށް ކުޅުދުއްފުށީގެ އިތުރުން ދެން ހޮވިފައިވަނީ ށ މިލަންދޫ، ބ އޭދަފުށި، އއ މާޅޮސް، ދ ކުޑަހުވަދޫ، ތ ތިމަރަފުށި، ގދ ތިނަދޫ އަދި ސ ފޭދޫ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355