twitterviber whatsapp telegramfacebookyoutube instagram
2nd September 2025

މިިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރު ކުޅުދުއްފުއްޓާއި ތިނަދޫގައި ބާއްވަން ނިންމައިފި

Jun 21, 2017

މިއަހަރުގެ މިނިވަން ޗެމްޕިއަންޝިޕްގެ ފައިނަލް ބުރު ހދ.ކުޅުދުއްފުއްޓާއި ގދ.ތިނަދޫގައި ބޭއްވުމަށް އެފްއޭއެމުން ނިންމައިފިއެވެ.

މިމަހުގެ 30 ވަނަ ދުވަހު ބޭއްވުމަށް އެފްއޭއެމުން ކުރިން ޝެޑިއުލްކުރި ފައިނަލް ބުރު މިހާރު ވަނީ ޖުލައި 5 އިން 18 އަށް ބަދަލުކޮށްފައެވެ. މިއަހަރުގެ ފައިނަލް ބުރުގައި ކުޅުދުއްފުށީގައި ވާދަ

ކުރާނީ އުތުރުގެ ހަތަރު ޗެމްޕިއަނުންކަމަށްވާ މާޅޮހާއި މިލަންދޫގެ އިތުރުން އޭދަފުއްޓާއި ކުޅުދުއްފުއްޓެވެ.

ތިނަދޫގައި ވާދަ ކުރާނީ ދެކުނަށް ނިސްބަތްވާ ހަތަރު ޗެމްޕިއަނުންނެވެ. އެއީ ދ.ކުޑަހުވަދޫ އާއި ތ.ތިމަރަފުށި އަދި ތިނަދޫގެ އިތުރުން ސ.ފޭދޫ އެވެ.

ފައިނަލް ބުރަށް ހޮވުނު ޓީމުތަކުގެ ތެރެއިން މިލަންދޫ އާއި މާޅޮސް ފިޔަވާ އަނެއް ހަ ރަށުން ވެސް މުބާރާތް ބޭއްވުމަށް ޕުރޮޕޯސަލް ހުށަހަޅާފައިވެ އެވެ.

އެފްއޭއެމުން ބުނީ ޕުރޮޕޯސަލް ހުށަހެޅި ހަ ރަށް ކަމަށްވާ ހދ.ކުޅުދުއްފުއްޓާ ބ.އޭދަފުށީގެ އިތުރުން ދ.ކުޑަހުވަދޫ ، ތ.ތިމަރަފުށި އަދި ގދ.ތިނަދޫ އާއި ސ.ފޭދޫގެ ހުށަހެޅުންތަކަށް ބަލާއިރު ދަނޑާއި އެހެނިހެން ވަސީލަތް އެންމެ ރަނގަޅު އަދި ޖުމްލަކޮށް އެންމެ ރަނގަޅު ހުށަހެޅުމެއް ލިބިފައިވަނީ ކުޅުދުއްފުއްޓާއި ތިނަދޫއިން ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355