twitterviber whatsapp telegramfacebookyoutube instagram
20th April 2024

މިނިވަން ޗެމްޕިއަންޝިޕް ފައިނަލް ރައުންޑްގެ ފުރަތަމަ ކުރިމަތިލުން – ކުޅުދުއްފުއްޓާ ދެކޮޅަށް ވަރުގަދަ އޭދަފުށި !

Jun 27, 2017

އެސްޓީއޯ މިނިވަން ޗެންޕިއަންޝިޕްގެ ގުރޫޕް އެކެއްގެ ފުރަތަމަ މެޗްގައި ކުޅުދުއްފުއްޓާ ދެކޮޅަށް ވަރުގަދަ އޭދަފުށި ވާދަކުރަން ޖެހިއްޖެ އެވެ. އޭދަފުއްޓަކީ މިދިޔަ އަހަރުގެ މިމުބާރާތުގެ ޗެމްޕިއަން އެވެ.

8 ޒޯންގެ އަށް ޗެމްޕިއަނުންގެ މެދުގައި ކުޅެވޭ ފައިނަލް ރައުންޑްގެ ގުރުއަތުލުމަށްފަހު ކުޅުދުއްފުށީގެ އިތުރުން ގްރޫޕް އެކެއްގައި ހިމެނެނީ ބ.އޭދަފުށި، ށ.މިލަންދޫ އަދި އއ.މާޅޮހެ އެވެ.

ގުރޫޕް އެއްކެއް މެޗުތައް ކުޅުދުއްފުށީ ސްޓޭޑިއަމްގައި ކުޅުމަށް ހަމަޖެހިފައިވާއިރު ކުޅުދުއްފުށީގައި ކުޅޭ ފުރަތަމަ މެޗު އޮންނާނީ ޖުލައި 6 ވަނަ ދުވަހު އެވެ.

މުބާރާތުގެ ފަށާ މެޗު އޮންނަނީ ގދ ތިނަދޫގަ އެވެ. އެމެޗުގައި ވާދަކުރަނީ ތިނަދޫ އާއި ކުޑަހުވަދޫ އެވެ.

ގދ.ތިނަދޫ، ދ.ކުޑަހުވަދޫގެ އިތުރުން ގުރޫޕް ދޭންގައި ހިމެނެނީ ތ. ތިމަރަފުށި އަދި އައްޑޫ ސިޓީ ފޭދޫ އެވެ. ގުރޫޕް ދޭއްގެ މެޗްތަށްކުޅުމަށް ހަމަޖެހިފައިވަނީ ގދ.ތިނަދޫގަ އެވެ.

ގްރޫޕް އެކެއްގެ ދެވަނަ މެޗްގައިވާދަކުރާނީ މިލަންދޫ އާއި މާޅޮސް އަދި ގުރޫޕް ދޭއްގެ ދެވަނަ މެޗްގައި ވާދަކުރާނީ ތިމަރަފުއްޓާއި ފޭދޫއެވެ. ސެމީ ފައިނަލް މެޗްތަށް ކުޅުމަށް ދަތުރުކުރާ ޓީމްތަކަށް  އެފްއޭއެމްއިން ފަންސާން ހާސް ރުފިޔާ ދިނުމަށް ހަމަޖެހިފައިވާކަމަށް އެފްއޭއެމްއިން ބުނެއެވެ.

ފައިނަލް ރައުންޑްގެ ގަދަ ހަތަރު ޓީމް ދިވެހި ޕްރިމިއާރ ލީގްގައި ވާދަކުރާއިރު، އެހަތަރު ޓީމަށްވެސް ފުރަތަމަ ޑިވިޝަންގެ ހަތަރު ޓީމެކޭ އެއްގޮތަށް، ފައިސާގެއެހީވާނެކަމަށް އެފްއޭއެމްއިން ބުނެ އެެވެ..

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355